ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މި ޓްރައިބިއުނަލުގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރމާޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)200-A/200/2024/27 އިޢުލާނު ވަނީ ބާޠިލު ކުރެވިފައެވެ.  

ޢިޢުލާނު

މަޤާމު:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މަސައްކަތްކުރަންޖެހޭ ޑިވިޜަން:

ސަޕޯޓް ސަރވިސް ޑިވިޜަން

މުސާރަ:

10,500.00 ރުފިޔާ

ސަރވިސް އެލަވަންސް:

އަސާސީ މުސާރައިގެ %25

ނޮން-ޕްރެކްޓިސް އެލަވަންސް:

މުސާރައިގެ %45

ލިވިންގ އެލަވަންސް:

3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އައި.ޓީ ސެކްޝަނުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުގެ ކޮމްޕިއުޓަރ ޓެކްނީޝަނަށް ޙަވާލުކުރުމާއި، ކޮމްޕިއުޓަރ ޓެކްނީޝަންގެ މަސައްކަތްތައް ބަލައި ވިލަރެސް ކުރުން.
  2. ޓްރައިބިއުނަލުގެ ވީޑިއޯ ކޮންފަރެންސިންގގެ ވަސީލަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި ވީޑިއޯ ކޮންފަރެންސިންގ ސެޝަންތައް ރެކޯޑްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްކޮށް އެކަމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައިއާއި، މައްސަލަތަކުގެ އަޑުއެހުންތަކުގައިއާއި، ބާއްވާ ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން.
  4. ޓްރައިބިއުނަލުގެ ސަރވަރތަކާއި، ޕްރޮކްސީތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  5. ޓްރައިބިއުނަލުގައި ބޭނުންކުރާ ސަރވަރތައް އަޕްޑޭޓްކުރުން.
  6. ޓްރައިބިއުނަލުގެ ސަރވަރތަކުގެ ބެކަޕް ނެގޭނެ އިންތިޒާމް ހަމަޖެއްސުން.
  7. ޓެލެފޯން ނެޓްވޯކް ބެލެހެއްޓުން.
  8. ޓްރައިބިއުނަލަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީ ޑިޕާޓްމަންޓް ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއި ތަރައްގީކުރުން.
  9. ޓްރައިބިއުނަލުގައި ޑޭޓާ ބެކަޕް އަދި ރިކަވަރީ ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުން.
  10. ޓްރައިބިއުނަލަށް ގަންނަން ބޭނުންވާ  ކޮމްޕިއުޓަރ އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެތި ގަތުމާއި އެތަކެތީގެ ބްރޭންޑްތަކާއި، ތަކެތި ގަތުމުގައި ތަކެއްޗާއި ބެހޭ މައުލޫމާތު ފައިނޭންސް / ޕްރޮކިއުމެންޓާއި ހިއްސާކުރުމުގެ އިތުރުން އިންސްޓޯލްކުރުން.
  11. ޓްރައިބިއުނަލުގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި ޢާއްމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  12. ޓްރައިބިއުނަލުގެ ވެބްސައިޓް ޑިޒައިންކުރުމާއި، ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  13. ވެބްސައިޓްގެ ވަލްނަރަބިލިޓީ ޓެސްޓް ކޮންމެ 3 މަހުން އެއްފަހަރު ހަދައި، ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން.
  14. ޓްރައިބިއުނަލުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި ސްކޭނަރ ފަދަ ތަކެތި އިންސްޓޯލްކުރުމާއި ޓްރަބަލް ޝޫޓްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުން.
  15. ޓްރައިބިއުނަލުގެ މެންބަރުންނާއި މުވައްޒަފުންގެ ރަސްމީ އީ-މެއިލް އެޑްރެސްތައް ކްރިއޭޓްކޮށް އީ-މެއިލް ސެންޑް ކުރުމާއި ރިސީވް ކުރުމުގެ ކަންތައް ރަނގަޅަށްހިނގާތޯ ބެލުން.
  16. ޓްރައިބިއުނަލުގެ އީ-ގަވަރމެންޓްގެ ޔޫޒަރސްތައް މެނޭޖް ކުރުން.
  17. ޓްރައިބިއުނަލުގެ އެންމެހާ ކޮމްޕިއުޓަރތަކަށް ސޮފްޓްވެއަރތަކާއި އެންޓިވައިރަސްއަޅައި ބެލެހެއްޓުން.
  18. ޓްރައިބިއުނަލުގެ ޑޯރ އެކްސެސް ސިސްޓަމްތައް ބެލެހެއްޓުމާއި، އެޓެންޑެންސް ސިސްޓަމްތައް ބެލެހެއްޓުން.
  19. ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ކަނޑައެޅޭ ތަންތާނގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
  20. އައިޓީއާބެހޭ އެންމެހާ ތަކެތީގެ އިންވެންޓްރީއާއި ސްޓޮކެއް ބެލެހެއްޓުން.
  21. ކޮމްޕިއުޓަރ، ޕްރިންޓަރ، ސޮފްޓްވެއަރ ނުވަތަ ޓްރައިބިއުނަލުގައި ބޭނުންކުރާ އެހެނިހެންވެސް ޑިވައިސްތައް ބޭނުންކުރާނެ ގޮތާ ގުޅޭގޮތުން ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމް ކުރުން.
  22. ޓްރައިބިއުނަލްގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅިގެން ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.
  23. އީ-ސްޓޯރޭޖް ގާއިމްކޮށް ޓްރައިބިއުނަލްގެ ޑާޓާބޭސް ޑިވެލޮޕްކޮށް ބެލެހެއްޓުން.
  24. ޕީ.އޭ.ބީ.އެކްސް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުން.
  25. ޓްރައިބިއުނަލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކޮށްގެން ކުރުވުން.
  26. މީގެ އިތުރުންވެސް އައިޓީ ސަޕޯޓް ފޯރުކޮށްދިނުމާއިބެހޭ މަސައްކަތާއި އައިޓީއާގުޅޭ އެހެނިހެން މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ

  1. ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުންނާއި، ޓްރައިބިއުނަލުގެ މަސައްކަތްތައް ހިންގާ އިމާރާތުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://employmenttribunal.gov.mv/tribunal/wp-content/uploads/2024/06/Vazeefa-ah-edhey-form-PDF.pdf

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގާއިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް) ގެ ކޮޕީ؛

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ނ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގެ ޖަދުވަލު 4 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

(ރ)   ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ޓްރައިބިއުނަލުގައި އަދާކުރަމުންދާ/އަދާކުރި މަޤާމާ ގުޅޭ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް

15

ޕްރެޒެންޓޭޝަން

10

އިންޓަވިއު

30

ޓްރައިބިއުނަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެޕްރައިޒަލްއަށް ބިނާކޮށް ދޭ މާރކްސް

5

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮގަސްޓް 2024 ގެ 13:30 ގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާން ޝާއިޢުކުރުމަށް ފަހު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، ދުވަސް އިތުރުކޮށް ޖެހިގެން އަންނަ ސަރުކާރު ރަސްމީ ދުވަހުގެ ރަސްމީ ގަޑި ހަމަވުމާ ހަމައަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 08 (އަށެއް) އަށްވުރެ ގިނަ ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައި ކަނޑައަޅާފައިވާ ފަދައިން ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު" އާންމުކޮށް ފެންނާނެހެން ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައިވާ ގޮތުގެ މަތިން މި ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށެވެ. އަދި އީމެއިލް ކުރާނީ [email protected]  އަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓު (https://employmenttribunal.gov.mv) އިން ލިބެން ހުންނާނެއެވެ.

25 މުހައްރަމް 1446

31 ޖުލައި 2024
ހޯދާ