ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް (އެޕްލިކޭޝަން ޑިވެލޮޕަރ)

މަޤާމް :ކޮންސަލްޓަންޓް (އެޕްލިކޭޝަން ޑިވެލޮޕަރ)
ބޭނުންވާ އަދަދު :1

މުސާރަ: 

- އަސާސީ މުސާރަ:  -/10،000 ރުފިޔާ

ޝަރުތު:

- ސޮފްޓްވެއަރ އިންޖިނިއަރިންގ، ކޮމްޕިއުޓަރ ޕްރޮގްރާމިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ވެބް އެންޑް އެޕްލިކޭޝަން ޑިވޮލޮޕްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، ޖާވާ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕް ކުރުމުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ރިކުއަރމަންޓްތައް ދެނެގަނެ އެކަމާއި ގުޅިގެން ހަދަންޖެހޭ އެނަލިސިސް ހެދުން.

- ދިވެހި ފުލުހުންގެ ޚިދުމަތުގެ މިހާރުގެ އަދި ކުރިއަށް އޮތްތަނުގެ ބޭނުންތަކަށް އެކެށޭނެ ރަނގަޅު ސޮފްޓްވެއަރ އެޕްލިކޭޝަތައް ޑިޒައިންކޮށް ތައްޔާރުކުރުން.

- މިހާރު ބޭނުންކުރަމުންދާ ސޮފޮޓްވެއަރ އެޕްލިކޭޝަނތަކުގެ ފަންކްޝަނަލިޓީ، ޕާފޯމަންސް އަދި ޔޫސަރ އެކްޕީރިއެންސް އިތުރަށް ހަރުދަނާ ކުރުން.

- ތައްޔާރުކުރާ ސޮފްޓްވެއަރ އެޕްލިކޭޝަންސްތައް އެއްކޮށް ޓެސްޓްކޮށް، ކަނޑައެޅޭ ތާރީހްތަކަށް ނިންމުމަށްޓަކައި، ހަވާލު ކުރެވޭ ޕްރޮޖެކްޓްތަކުގެ ޓައިމްލައިންސް އަމަލުކުރުމާއި، ނިންމަންޖެހޭ ގަޑިތަކަށް ނިންމުން.

- ޑިވެލޮޕްމަންޓްގެ މަސައްކަތްތައް މެނޭޖްކުރުމަށާއި ކުރިއެރުންތައް މޮނިޓަރކުރުމަށް އެޖައިލް މެތޮޑޮލޮޖީތަކާއި ޓޫލްސް ބޭނުންކުރުން.

- ސޮފްޓްވެއަރ ޑިވޮލޮޕްމަންޓް އަދި އޮޓޯމޭޝަންގައި ކޯޑް ސެކިއުރިޓީ ކަށަވަރުކުމާއި، ޕާފޯމަންސް އޮޕްޓިމައިޒްކުރުމާއި، ލިބެންހުރި ހާޑްވެއަރ އެއްގޮތްކަން ކަށްވަރުކުރުން.

މުއްދަތު: 2 އަހަރު

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ 

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 އޯގަސްޓް 15 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

24 މުޙައްރަމް 1445

31 ޖުލައި 2024
ހޯދާ