ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާބެހޭ

ނީލަން ކިޔުމާބެހޭ 

ފުވައްމުލަކު ދޫނޑިގަން އަވަށުގެ މިސްކިތެއް ކަމަށްވާ މަސްޖިދުއްސަލާމުގައި ކުރިން ބޭނުންކުރި ފާޚާނާ އާއި އިސްކުރުބަރި ބާވެފައިވާތީ، އެމިސްކިތުގައި އަލަށް ފާޚާނާއާއި އިސްކުރުބަރި ހަދައި އެތަން ބޭނުންކުރަން ފަށާފައިވުމާއެކު، ކުރީގައި ބޭނުންކުރި ފާޚާނާއާއި އިސްކުރުބަރި ނީލަންކިޔުން 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 09:00 ގައި އެ މިސްކިތުގެ ގޯތިތެރޭގައި އޮންނާނެއެވެ.

ނީލަމުން އެތަންތަން ނަންގަވާ ފަރާތްތަކުން ދޫނޑިގަން ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި އިސްކުރުބަރިއާއި ފާޚާނާ ހިމެނޭ އިމާރާތުގެ ހުރިހާ އެއްޗެއް އެތަނުން ނަގައި ތަން ސާފުކުރަންވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ