މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ (އާކް ޕްރީސްކޫލް)

މަޤާމު:

ޕްރީސްކޫލް ޓީޗަރ (އާކް ޕްރީސްކޫލް)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އާކް ޕްރީސްކޫލް / ށ.ފުނަދޫ

މުސާރަ:

-/2000 ރުފިޔާ  

ސަރވިސް އެލަވަންސް:

-/1500ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:

ރަސްމީ ދުވަސްތަކުގައި ދުވާލަކު 3 ގަޑިއިރާ 30 މިނެޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01-    ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ކިޔަވައިދިނުން.

02-   ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުން

03-   ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމައްޓަކައި މަސައްކަތްކުރުން

04-   މެނޭޖްމެންޓް ކަނޑައަޅާފައިވާ ތާވަލާއެއްގޮތަށް ކްލާސްތަކަށް ކިޔަވައިދިނުން.

05-   ކްލާސްތަކުގައި ދަރިވަރުންގެ ހާޒިރީ ބެލުން

06-   ޕޯޓްފޯލިއޯތައް ތައްޔާރުރުން.

07-   ކޮންމެ ފިލާވަޅެއް ނިމުމުން ދަރިވަރުންނަށް އުނގަންނައިދިން އެއްޗެއް ރެކޯޑް ފޮތުގައި ލިޔެ ސޮއިކުރުން

08-   ދަރިވަރުންގެ ފޮތްތައް ބަލާ، ރަނގަޅު ކުރުމަށްފަހު، ދަރިވަރުންނަށް ނުރަނގަޅުކޮށް ކުރެވިފައިވާ ކަންތައްތައް ފާހަގަކޮށް، އުނގަންނައިދޭ ވަގުތުތަކުގައި އެފަދަ ކަންތައްތައް ރަނގަޅު ކުރުމަށް، އިރުޝާދުދީ، އެހީތެރިވެދިނުން. ކޮންމެ ޓޮޕިކެއް ނިމުމުން، ދަރިވަރުންގެ ފެންވަރު ދެނެގަތުން. އަދި ދަރިވަރުންގެ މަސައްކަތާއި،ކުރިއެރުން ފާހަގަކޮށް ބެލެހެއްޓުން.

09-   ކިޔަވައިދޭ ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއިއެކު ފުރުޞަތުދީ، އަދި ޓީޗަރ ދަރިވަރުންނަށް ނަމޫނާއަކަށްވުން

10-   ދަރިވަރުންނަށް ރަނގަޅު އުޅުމާއި އަޚްލާގާއި، ގައުމަށް ފައިދާހުރި ރައްޔިތުންނަށްވާން،ދަސްކޮށްދިނުން.

11-   ފޮތްކިޔުމަށް ދަރިވަރުން ހޭލުންތެރިކުރުމާއި،ކިޔެވުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.

12-   ޓީޗަރަކު ސްކޫލަށް ހާޒިރު ނުވާތީ އެޓީޗަރެއްގެ ގަޑިތައް ބަލަހައްޓަން ހަވާލު ކޮށްފިނަމަ، އެގަޑިތައް ބެލެހެއްޓުން.

13-   ފެންވަރު ވަޒަންކުރުމަށްފަހު ، ބެލެނިވެރިންނާއި ދަރިވަރުންނަށް ބާއްވާ ހުރިހާ ބައްދަލުވުންތަކަށާއި މުނާސަބަތުތަކަށް ހާޒިރުވުން.

14-   ސްކޫލުގެ ފަރާތުން ހަވާލުކުރެވޭ ކަންތައް އެކަމެއް ކުރަން އޮންނަވަގުތެއްގައި ކޮށް ނިންމުން.

15-   ސެޝަނަށް ޙާޞިރުވާންޖެހޭ ގަޑިތަކަށް ޙާޞިރުވުމާއި ދަރިވަރުން ސްކޫލަށް އައުމަށް ހަމަޖެހިފައިވާ އެހެނިހެން ގަޑިތަކުގައި ،އެގަޑިޖެހުމުގެ ކުރިން ސްކޫލަށް ޙާޟިރުވުން.

16-   ދަރިވަރުން ކްލާހަށް ވަނުމުގެ ކުރިން ކުލާހަށް ޙާޟިރުވުން.

މަޤާމުގެ ޝަރުޠުތައް:

  1. ޕްރީސްކޫލް ޓިޗިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
  2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ފާސް ލިބިފައިވުން.
  3. ތުއްތުކުދިންނަށް ކިޔަވައިދިނުމުގެ ޝައުގުވެރިކަން ހުރުން.
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ  ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީންދެނެގަތުމަށް ބޭނުންވާ ލިޔުންތައް (  އެކްރެޑިޓް ކޮށްފައިވާ ސެޓިފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓިފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާލިޔުމުގެ ކޮޕީ)

3-      މަސައްކަތު ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.

4-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ށ. ފުނަދޫ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2024 އޮގަސްޓް 11 އާއި  2024 އޮގަސްޓް 13 އާ ދެމެދު ށ. ފުނަދޫ ކައުންސިލް އިދާރާގައެވެ. ( އިންޓަރވިއު އޮންނާނެ ވަގުތާއި، ތާރީޚް ފޯނުން އެންގޭނެއެވެ. )

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ( ފޯން: 6540052 ،މޯބައިލް:9171202) ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ ( 6540053 ) އީމެއިލްއެޑްރެހަކީ: [email protected]

 

31 ޖުލައި 2024
ހޯދާ