ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ 2 އާންމު މެންބަރުންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން ހޮވުމަށް ބޭނުންވެއެވެ. މި ކައުންސިލަށް އާންމު މެންބަރު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލަމެވެ.
އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ފޯމު ބަލައިގަންނާނީ، 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.
އޮބްޒަރވަރުންގެ ގޮތުގައި ޙަރަކާތްތެރިވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނުވަތަ އިދާރާއެއް ތަމްސީލުކުރާ 1 (އެކެއް) ފަރާތަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.