މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިން އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

 ޕްލޭނިން އޮފިސަރ

މަޤާމު:

އެމް އެސް1

ރޭންކް:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލަސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

އޮފީސް / އިދާރާ:

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް ޔްނިޓް

ޔްނިޓް:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

ގިންތި:

  1. މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠުތައް

  1. ރަށުގެ ތަރައްޤީގެ ޕްލޭން ބެލެހެއްޓުމާއި، ތަރައްޤީގެ އަމާޒުތަކުގެ ރިކޯޑު ބެލެހެއްޓުމުގެ އިތުރުން ފައިނޭންޝިއަލް ޕްލޭން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ރަށުގެ ރަށްވެހީންގެ ރަޖިސްޓަރީ ކައުންސިލުން ކަނޑައަޅާ މިންގަނޑެއްގައި ބަލަހައްޓަމުން ގެންދިޔުން.
  3. ރަށުގެ ބިންތަކާއި ބިމުގެ ބަޖެޓް އަދިވެސް ބިންބިމާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.
  4. ބިމުގެ ރަޖިސްޓަރީ ހަދައިދީ ބެލެހެއްޓުން.
  5. ކައުންސިލްގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައްކުރުން.
  6. ރަށުގައި އުފެދިފައިވާ ކްލަބް، ޖަމްޢިއްޔާތަކުގެ ދަފުތަރެއް ބެލެހެއްޓުން.
  7. ކައުންސިލުން ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވާ ތަކެއްޗާއި ތަންތަން ކުއްޔަށް ދޫކޮށް ހިސާބުތައް ބެލެހެއްޓުން.
  8. އިޖްތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން ހިންގޭ ޙަރަކާތްތަކުގެ ލިޔެކިޔުން ބެލެހެއްޓުން.
  9. ތިމާވެށި ޙިމާޔަތްކުރުމަށް ކައުންސިލުން ރާވާޕްރޮގްރާމްތަކުގައި އިދާރީ މަސައްކަތްތައް ކުރުން.
  10. ކައުންސިލުން ހިންގާ ޞިއްޙީރައްކާތެރިކަމާއިގުޅޭ ޕްރޮގްރާމްތައް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ
  2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި،  ތާރީޚް،  އިޢްލާންގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތަށް އެންގޭނެއެވެ. 

އިންޓަރވިޔު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު

މި ވަޒީފާޔަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ވަޒީފާޔަށް އެދި ހުށައަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ދިވެހި ސިވިލްސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރު ގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.  

އުޖޫރައާއި ޢިނާޔަތްތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (މި ފޯމު މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގ ެވެެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މަޤާމަށް ހޮވިއްޖެ ނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢްލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓްކުރި ފަރާތުގެ ނަމާއި ތާރީޚާއި ސޮއި ނެތްނަމަ އެފަދަ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް، ސިވިލް ސަރވިސް މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް، ހުށަހަޅާ ސެޓްފިކެޓްތައް އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފުކޮށް ކިޔަން އެނގޭގޮތަށް ނަގާފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

މި އިޢުލާނާ ގުޅޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560013 ނަމްބަރ ފޯނާއެވެ. ފެކްސް ކުރައްވާނީ 6560013 ނަމްބަރަށެވެ.  އީމެލް ކުރައްވާނީ [email protected]  އަށެވެ.

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ