ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް ސަޕޯރޓް ޓެކްނީޝަން

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސަރވިސް ސަޕޯރޓް ޓެކްނީޝަން / ގރ.1

އަދަދު: 01

މުސާރަ: 4،940.00 ރުދިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އައްޑޫ ސާރވިސް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 2،000.00ރ އާއި 2،500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ދާއިމީ ވުމުން ހެލްތު އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެއަވެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެއާރ ކޮންޑިޝަނިންގް އާއި ރެފްރިޖެރޭޝަންގެ މަސައްކަތްތައް ކުރުން
  • އެއާރ ކޮންޑިޝަން ހަރުކުރެވޭތަން ސަރވޭ ކުރުން
  • އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން

ތަޢުލީމާއި ތަޖުރިބާ:

  • ރެފްރިޖެރޭޝަން އެންޑް އެެއާރ ކޮންޑިޝަނިންއިން އެޑްވާންސް ސެޓްފިކެޓެއް އޮތުން
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތް ކޮއްފައިވުން

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
  • ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 31 ވާ އާދިއްތަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

އެސްޓީއޯ 137 ފިހާރަ:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ 137 ހިތަދޫ ފިހާރަ

ޒިޔާރަތް މަގު، ކޮރުވަލު - 19020

ފޯން: 3012713/ 3012714

06 ރަޖަބު 1436

24 މޭ 2015
ހޯދާ