ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން އޮފް ސްޓޫޑަންޓްސް

މަޤާމް :ޑީން އޮފް ސްޓޫޑަންޓްސް
ބޭނުންވާ އަދަދު :1

މަޤާމު:

ޑީން އޮފް ސްޓޫޑަންޓްސް

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާރޓްމަންޓް:

ސްޓޫޑަންޓް ސަޕޯޓް ސަރވިސަސް

މަޤާމުގެ ރޭންކް:

9

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 18,664.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 10,689.00 ރުފިޔާ

ހާޒިރީ އިނާޔަތް:

289.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ އައްޔަނުކުރާނީ ޓެނުއަރޝިޕް މަޤާމެއްގޮތުގައެވެ)

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތު އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީ އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތު އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  1. މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިންތައް: އެޑިއުކޭޝަން، އެޑިއުކޭޝަނަލް މެނޭޖްމަންޓް، އެޑިއުކޭޝަނަލް ސައިކޮލޮޖީ

ކޯ ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

ދަރިވަރުންގެ ޚިދުމަތާ ގުޅޭ މަސްޢޫލިއްޔަތު

  1. ދަރިވަރުން ކޯހަށް ހޮވުމުން ދަރިވަރުންނަށް ދޭންޖެހޭ އެންމެހާއެހީތެރިކަން ދިނުން. މިގޮތުން، ޔުނިވަރސިޓީގެ ޚިދުމަތް ހޯދުމަށް ދޭންޖެހޭ ކާޑު، އީމޭލް، ޕާސްވޯރޑް، މޫޑުލް، ސެލްފް ސާރވިސް ފަދަ އެންމެހާ ޚިދުމަތް ދަރިވަރުންނަށް ފަސޭހަކަމާއެކު ލިބޭނޭ ގޮތަށް އިންތިޒާމްކޮށް އެޚިދުމަތް ފޯރުކޮށްދިނުން.
  2. ހެލްޕް ޑެސްކު ކޯލް ސެންޓަރގެ ޚިދުމަތް މޮނިޓަރކުރުމާއި، އެތަނުންދެވޭ ޚިދުމަތް ދަރިވަރުންގެ އިދާރީ ޚިދުމަތް ދޭބަޔާއެކު ވިލަރެސްކޮށްގެން ހަރުދަނާކޮށް ފަސޭހަކަމާއި އެކު ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  3. ޔުނިވަރސިޓީއަށް ދަރިވަރުން އަހުލުވެރިކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް / ކަންކަން ހިންގާ އިންތިޒާމް ކުރުމާއި ކުރިއަށް ދިއުމުގައި މަގުދައްކައިދީ ދޭންޖެހޭ އެންމެހާ އެހީތެރިކަން ދިނުން.
  4. ދަރިވަރުންނަށް ދިމާވާދަތިތައް ދެނެގަނެވޭނޭ ޒަމާނީ ވަޞީލަތް / ގޮތްތައް އިންތިޒާމްކޮށް އެކަންކަން މޮނިޓަރކޮށް، މައްސަލަތައް ހައްލުކުރުމަށް ކަމާއިބެހޭ ކަމާއި ބެހޭ ފެކަލްޓީ / ސުކޫލް / ސެންޓަރ / ކެމްޕަސް/ ޑިޕާރޓްމަންޓް / ސެކްޝަން ތަކާއި އެކު މަޝްވަރާކޮށް ދަރިވަރުންނަށް ވީހާވެސް އަވަހަށް އެހީތެރިކަން ދިނުން.
  5. ޔުނިވަރސިޓީއިން ދަރިވަރުންނަށް ދިނުމަށް ކަނޑައަޅާ، ސްކޮލަރޝިޕް، ފައިސާގެ އެހީ ފަދަ އެންމެހާ ކަންކަން ހަމައާއި އިންސާފުން ދަރިވަރުންނަށް ދިނުމަށް ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގައި ބައިވެރިވުމާއި، އެފަދަކަންކަން ވިލަރެސްކޮށް އެކަންކަން ކުރުމަށް ކުރަންޖެހޭ ކަންކަން އިންތިޒާމްކޮށް ހިންގުން.
  6. ދައުލަތުގެ އިދާރާތަކާއި، އެސް.އޯ.އީ ތަކާއި ރާއްޖޭގެ އަދި ބައިނަލްއަޤަވާމީ ޑޯނާރސް ގެ ފަރާތުން ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތަކާއި ލިބިދާނެ  އެކިއެކި އެހީތައް ދެނެގަނެ، އެފަދަ ފުރުސަތުތަކާއި އެހީތައް ހޯދަން މަސައްކަތްކުރުމާއި މިފަދަ މަންފާ ޔުނިވަރސިޓީގެ ދަރިވަރުންނަށް ލިބޭނޭ ފަދަ ގޮތަކަށް ކަންކަން ރާވާ ހިންގާ ވިލަރެސްކުރުން.
  7. މަތީތަޢުލީމަށް ދަރިވަރުން ހޭނުމަށް ހިންގަންޖެހޭ އިލްމީ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން، އަދި ދަރިވަރުންގެ ބޭނުންތައް ކަނޑައެޅޭ ދަނޑިވަޅުތަކެއްގައި ދެނެގަނެ އެބޭނުންތަކަށް ރިއާޔަތްކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.
  8. ދަރިވަރުންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯރޓް ދެވޭނޭ އިންތިޒާމް ހަމަޖެއްސުމާއި، ހަމަޖެހޭ އުސޫލަކުން އެކަމަކަށް ބޭނުންވާ ހާލަތްތަކުގެ އެފަދަ އެހީތެރިކަން ދިނުމަށް ކަންކަން ރާވާ އިންތިޒާމްތައް ކުރުން.
  9. ދަނާލުތަކަށް ދަރިވަރުންނަށް ފުރުސަތު ދިނުމުގައި އިންތިޒާމްތައް ރާވާ ހިންގުމާއި، ދަނާލުތަކުގެ ޤަވާއިދު މުރާޖާކޮށް އަދާހަމަކުރުމާއި، ދަނާލުތަކުގެ ޚިދުމަތް ދަރިވަރުންނަށް ފަހިވާނެ ގޮތަށް އަދި ބޭނުންތަކަށް ފެތޭގޮތަށް ގަވާއިދުތައް ބައްޓަންކުރުމާއި، ގަވާއިދު ތަންފީޒުކުރުމުގައި އެ ގަވާއިދެއްގެ މަޤްޞަދުތަކާއި ރޫޙަށް ބިނާކޮށް ކަންކަން ތަންފީޒުކުރުމަށް ބާރުއެޅުން
  10. ދަނާލުތަކުގައި ތިބޭ ދަރިވަރުންގެ ހާލަތު މޮނިޓާރ ކުރުން އަދި އެތަންތަނުގައި އުޅޭ ދަރިވަރުންނަށް ދިމާވާދަތިތައް ދެނެގަނެ މެނެޖްމަންޓާއި ގުޅިގެން ހައްލުކުރުން.
  11. ދަނާލުތަކުގެ މެނެޖްމަންޓް ކޮމެޓީ އިންތިޒާމް ކުރުމާއި، ބާއްވާތޯ ބެލުމާއި،ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ކަމާއި ގުޅޭ ޑިޕާރޓްމަންޓް / ސެކްޝަން / ކެމްޕަސް ތަކާއި ގުޅިގެން މަސައްކަތް ކުރުން.
  12. ތަފާތު ހާދިސާތަކާއި ގުޅިގެން ކުރިމަތިވާ ކާރިސާތަކާއި މިފަދަ އެހެނިހެން ކަންކަމުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ހާލަތު ދެނެގަނެ، މިފަދަކަންކަމުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ދިމާވާކަންކަން ދެނެގަނެ އެފަދަ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ވިލަރެސްކޮށް ހިންގުން.
  13. ދަރިވަރުންނާ ގުޅޭގޮތުން ހެދޭ ޤަވާއިދުތައް އަދި އުސޫލްތައް އެކުލަވާލުމާއި ޤަވާއިދު މުރާޖާކޮށް އަދާހަމަކުރުމާއި، ބޭނުންތަކަށް ފެތޭގޮތަށް ގަވާއިދުތައް ބަދަލުކޮށް ބައްޓަންކުރުމަށް އިސްނެގުން.
  14. ކޯސްތަކަށް ދަރިވަރުން ހޯދުމަށާއި އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެ ފަދަ މަސައްކަތްތައް އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން.
  15. އަލަށް ކޯހަށް ވަންނަން އެދޭފަރާތްތަކުން ކުރާ ސުވާލުތަކާއި، ސާފުކުރާ މަޢުލޫމާތުތަކުގެ މައްޗަށް ރިއާޔަތްކޮށްގެން އެފް.އޭ.ކިއު ހެދުމާއި/އަދާހަމަކުރުމާއި ވެބްސައިޓް، ސޯޝަލް މީޑިއާ އަދި އެނޫން އެހެނިހެން ވަޞީލަތް ބޭނުންކޮށްގެން މައޫލޫމާތު ފަސޭހަކަމާއި އެކު އެފަދަ ފަރާތްތަކަށް ފަރާތްތަކަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  16. އިންޓަރނޭޝަނަލް ދަރިވަރުންނަށް ބޭނުންވާ ކަންކަން އަދި ދޭންޖެހޭ ޚިދުމަތް ދެނެގަނެ އެފަދަ ކަންކަން ޔުނިވަރސިޓީ ތެރޭގައި ފަހިކޮށްދީ  ހެދުން
  17. ދަރިވަރުންގެތެރެއިން ކޯހުގެ މުއްދަތުގައި މަސައްކަތް ކުރަންއެދޭފަރާތްތަކަށް އަދި ދަސްވެނިވާފަރާތްތަކަށް ކެރިއަރ ގައިޑަންސްފަދަ ޕްރޮގްރާމްތައް ހިންގުމާއި ވަޒީފާއެއް ހޯދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދީ، ވަޒީފާލިހޯދުމަށް މަސައްކަތް ކުރާނޭގޮތުގެ އިރުޝާދުދިނުމާއި، ވަޒީފާދޭ ފަރާތްތަކާއި ގުޅުވައިދިނުމަށް މަސައްކަތް ކުރުން.
  18. ދަސްވެނިންނަށް ވަޒީފާ ދޭ ފަރާތްތަކާ ގުޅުންތައް ދަމަހައްޓައި، ތަރައްޤީކުރުން.
  19. ދަރިވަރުންގެ "ގުރެޖުއޭޓު އެޓުރިބިއުޓު"ތައް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވިކަރެސްކުރުން
  20. ތަފާތު ސާރވޭތައް ހަދާ ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ދެވެނީ ރަނގަޅަށްތޯ ބަލާ އެޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް އެކަމާ ގުޅޭ ފެކަލްޓީ/ޑިޕާރޓުމަނޓުތަކާއި ގުޅިގެން ކުރުން.
  21. ދަރިވަރުންގެ ޖަމުއިއްޔާ ހިންގުމުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގާތޯ ބަލާ އެއާއި ގުޅޭ ކަންކަން ވިލަރެސް ކުރުން.
  22. ދަރިވަރުންގެ ޖަމްއިއްޔާގެ ފައިސާ ހޯދުމުގައި ހިންގޭ ކަންކަން ކުރެވޭގޮތް ބަލާ، ފައިސާ ޚަރަދުކުރުމުގެ އުޞޫލްތައް ހިފަހައްޓާތޯ ދެނެގަނެ  ފައިސާ ޚަރަދުކުރެވެނީ ގިނަ ދަރިވަރުންނަށް އެންމެ މަންފާ ބޮޑު ގޮތަށްތޯ މޮނިޓަރކޮށް ލަފާދިނުން.
  23. ޔުނިވަރސިޓީގެ އެލަމްނައި އެސޯސިއޭޝަން ހަރަކާތްތެރިކޮށް ހިނގާތޯ ބަލައި އޯވަރސީކުރުން އަދި ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެފަދަކަންކަން ހައްލުކުރުމަށް ކުރަންޖޭ ކަންކަން މެނޭޖްމަންޓާއި ވާހަކަދައްކައިގެން ކުރަމުން ދިއުން.
  24. އެލަމްނައިގެ ފަރާތުން ޔުނިވަރސިޓީއަށް އަދި ދަރިވަރުންނަށް މަންފާކުރުވަނިވި ކަންކަން ރާވާ ހިންގުމުގައި ކުރެވޭމަސައްކަތް ވިލަރެސްކޮށް އެހީތެރިކަން ދޭންޖެހޭ ހާލަތުގައި އެހީތެރިކަން ދިނުން.
  25. އެލަމްނައި މެމްބަރުކަމަށް ހިތްޖެއްސުމަށް ކޯހުގެ މުއްދަތުގައި އެލަމްނައި ތައާރަފް ކުރުމާއި އެއާއި ގުޅޭމަޢުލޫމާތު ފެތުރުމާއި އެކަމަށް ކުރަންޖެހޭ ކަންކަން އެލަމްނައިއިން ކުރާއިރު އެހީތެރިކަން ދިނުން.

ލީޑަރޝިޕާއި އިދާރީހިންގުން

  1. މުވައްޒަފުންލެއްވުމާއި، މުވައްޒަފުން ކުރިއެރުވުމަށާއި، އެއްބައިވަންތަކަން އަދި ޓީމް ރޫޙު އާލާކޮށް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  2. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އޮޕަރޭޝަން ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި، އެކަންކަން ތަންފީޒް ކުރުމުގައި އެހީތެރިކަން ދިނުން.
  3. ޑިޕާޓްމަންޓްގެ މެންޑޭޓާއި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެ މެނޭޖްމަންޓް ނިޒާމެއް ސެކްޝަންގައި ގާއިމްކޮށް އެ ފަދައިން ކަންކަން ރާވާ ހިންގުން
  4. ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން
  5. މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ކަލްޗަރެއް ތަނުގައި އަށަގަންނަވައި  ސިޔާސަތުތަކަށާއި އުޞޫލްތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
  6. މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. ޑިޕާޓްމަންޓްގެ އެކްޝަން ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒު ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
  8. ޑިޕާޓްމަންޓްގައި ކުރެވުނު މައިގަނޑު މަސައްކަތްތަކާއި ތަފާސް ހިސާބާއި ހިންގުން ހަރުދަނާކޮށް ތަރައްޤީ ކުރުމަށް އެޅުނު ފިޔަވަޅުތަކާ ބެހޭ ރިޕޯޓް ކަނޑައަޅާފައިވާ ސުންގަޑިއަށް ސުޕަރވައިޒަރަށް ހުށަހެޅުން.

މުޢާމަލާތާއި ގުޅުންތައް

  1. ތަނުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުން
  2. ޕަބްލިކް ރިލޭޝަންސް ކަންތައްތައް ހަރުދަނާކޮށް ރާވައި އޯވަރސީ ކޮށް ބެލެހެއްޓުން.
  3. ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ޖަލްސާތަކުގައި ޑިޕާޓްމަންޓް ނުވަތަ ޔުނިވަރސިޓީ ތަމްޞީލުކުރުން.
  4. ބޭރުގެ ޔުނިވަރސިޓީ ތަކާއެކު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތައް ހޯދާ އޮންނަ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ތަނަށް ފައިދާހުރި ގުޅުންތައް ކުރިޔަށް ގެންދިއުން

ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން

  1. މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް ދެނެގަނެ، ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރެއިން ހޯދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  2. ތަނުގެ ހަރު މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިކަން ދިނުމާއި ތަކެތީގެ ފުރިހަމަ ބޭނުންކުރުމަށް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
  3. ތަނުގެ ބަޖެޓް އެކުލަވައިލުމުގައްޔާއި ބަޖެޓަށް ވާނުވާ ބެލުމުގައްޔާއި ތަނަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ބަޖެޓުން ޚަރަދުކުރުމަށް އެހީތެރިވުން
  4. ދަރިވަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން  އައި.ޓީ. ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
  • ޕާސްޕޯޓް ސައިޒް ފޮޓޯ

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2024 އޮގަސްޓް 11 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2024-145

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ  12 އޮގަސްޓް 2024 އާ 11 ސެޕްޓެންބަރު 2024 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
29 ޖުލައި 2024
ހޯދާ