ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

މަޤާމު:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01  

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

  • މަހަކު: -/14,700 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކުރުން.
  • މައްސަލަތަކުގެ ރިޕޯޓު ތައްޔާރު ކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.
  • ޓްރައިބިއުނަލްގެ ހަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުންލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލްގެ މެމްބަރުންނަށް ދިނުން.

ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން/ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)  
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތް މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދޭ ފޯމު މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓް www.tat.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ