މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)            

ރޭންކް: އެމް.އެސް. 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ/ ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: 7035.00 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 (ދެހާސް) ރުފިޔާ

ނޯޓް: މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އޮތް އޮފީސް: މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަން: މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މަސައްކަތުގެ ޚުލާޞާ

  • ސްކޫލް އިދާރާގެ އިދާރީ ހިންގުމުގެ އެއްމެހާ ކަންތައްތައް ޕްރިންސިޕަލްއާއި ޑެޕިއުޓީ ޕްރިންސިޕަލުގެ ލަފަޔާ މަޝްވަރާގެ މަތިން ރާވައި ހިންގާ ތަންފީޒުކުރުން.
  • ސްކޫލްގެ އިސްވެރިޔާގެ ލަފަޔާއެކު ޑެޕިއުޓީ ޕްރިންސިޕަލް (އެޑްމިނިސްޓްރޭޝަން) އަންގާ ގޮތެއްގެ މަތިން އިދާރީ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން އިދާރީ ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.
  • ސްކޫލުގެ އޮފީހުގައި އެކަށީގެންވާ އިދާރީ މާހައުލެއް ޤާއިމުކުރުން.
  • މަދުވެގެން މަހަކު އެއްފަހަރު އިދާރީ މުވައްޒަފުންނަށް ފީޑްބެކް ދެމުން ގެންދިއުން.
  • އިދާރީ މުވައްޒަފުންނަށް ބޭނުންވާ ފަސޭހަތައް ދެނެގަނެ އެކަންކަން ފަހިކޮށްދިނުން.
  • އެކަޑެމިކް ސެކްޝަނަށް ބޭނުންވާ އިދާރީ އެހީތެރިކަން މެދުކެނޑުމެއްނެތި، އަދި ބުރޫ ނާރާނެ ގޮތުގެ މަތިން ބެލެހެއްޓުން.
  • ސްކޫލްގެ މެއިންޓެނަންސް ކަންތައްތައް މެއިންޓަނަންސް އޮފިސަރު މެދުވެރިކޮށް ބަލައި ރެކޯޑްތައް ބަލަހައްޓައި، އެކަމަށް ބޭނުންވާ ޙައްލުތައް ހޯދައިދިނުން.
  • މަހުންމަހަށް މުސާރަދިނުމާއި، ބަޖެޓް ސެކްޝަނުގެ އިދާރީ ކަންތައްތައް، އެމުވައްޒަފުންލައްވާ ކުރުވުން.
  • ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ވިލަރެސްކޮށް އިދާރީ މުވައްޒަފުން މެދުވެރިކޮށް އެކަންކަން ހިންގުން.
  • ސަޕޯޓް ސްޓާފުންގެ މަސައްކަތް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމް ހިންގުން.
  • އިދާރީ ހިންގުމުގެ ކަންކަމާ ބެހޭގޮތުން ކޮންމެ ދެހަފުތާއިން އެއް ހަފުތާ ސްކޫލްގެ އިސްވެރިޔާއާ މަޝްވަރާކުރުން.
  • ސްކޫލްގައި ބޭއްވޭ ބައްދަލުވުންތަކަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ކިޔަވައިދިނުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ ތަކެތި ދަތިނުވެ ލިބޭނެހެން ސްޓޮކް ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް ހިންގުން.
  • ޕްރިންޓްކުރުމާއި، ލައިބްރަރީ އާއި، ހެލްތު ރޫމާއި، މިފަދަ ހުރިހާ ތަނެއްގެ އިދާރީ ކަންކަން ރާވައި ބެލެހެއްޓުން.
  • އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 (ހައެއް) އަހަރުދުވވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4  (ހަތަރު) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 (ހައެއް) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަސައްކަތު ތަޖުރިބާ: ތަޢުލީމީ ފެންވަރާއި ގުޅިގެން ބަޔާންވެފައި އެވަނީ.

މަޤާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު ކަންކަންކުރަން އެގުމާއި މީހުންނާ މުޢާމަލާތު ކުރުމުގައި ރަޙުމަތްތެރިކަމުގެ ސިފަހުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 ޖޫން 20 ގައި މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ ގައެވެ.
  • އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ، ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 11 ވަނަ ދުވަހުގެ 13:45 ގެ ކުރިން.

ނޯޓް: 

  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި (06:45 ން 13:45 ން) މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ، ގެ 6500097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
25 މޭ 2015
ހޯދާ