ދިވެހިރާއްޖެ
ހއ. އިހަވަންދޫ ޞިއްޙީމަރުކަޒުގައި އަލަށް ހަދަމުންދާ އިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 2 ވާ އަންގާރަ ދުވަހުގެ 12:00އަށް ހދ. އަތޮޅު ހޮސްޕިޓަލަށާއި ހއ. އިހަވަންދޫ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 08 ވާ އަންގާރަ ދުވަހުގެ 12:00 އަށ ހދ. އަތޮޅު ހޮސްޕިޓަލަށާއި ހއ. އިހަވަންދޫ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
08 ޝަޢުބާން 1436