މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 30 ގޯތި ދޫކުރުމަށް ނިންމާ،  ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

ރ. ހުޅުދުއްފާރުން ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  • ފޯމު ދޫކުރުން: 2024 ޖުލައި 28 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން.
  • ފޯމު ބަލައިގަތުން: 2024 އޯގަސްޓް 04 ވާ އާދީއްތަ ދުވަހުން ފެށިގެން 25 އޯގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00އަށެވެ.

މި އިޢުލާނާއެކު ރ. ހުޅުދުއްފާރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލާއި ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް، ގޯއްޗަށްއެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ޝާއިޢު ކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުލައި 2024
ހޯދާ