މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދަ 2024 ސްކޮލަރޝިޕްސް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް އަދި އިންޓަރންޝިޕް ގްރާންޓް ސަޕޯޓް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް، ޕްރިންސް އޮފް ސޮންގްކްލާ ޔުނިވަރސިޓީ، ތައިލޭންޑް

ދަ 2024 ސްކޮލަރޝިޕްސް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް އަދި އިންޓަރންޝިޕް ގްރާންޓް ސަޕޯޓް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް، ޕްރިންސް އޮފް ސޮންގްކްލާ ޔުނިވަރސިޓީ، ތައިލޭންޑް

 

ތައިލޭންޑްގެ ޕްރިންސް އޮފް ސޮންގްކްލާ ޔުނިވަރސިޓީ އިން ހިންގުމަށް ހަމަޖެހިފައިވާ ދަ 2024 ސްކޮލަރޝިޕްސް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް އަދި އިންޓަރންޝިޕް ގްރާންޓް ސަޕޯޓް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެފަރާތުން ވަނީ އަންގާފައެވެ.

 

މި ސްކޮލަރޝިޕް ޕްރޮގްރާމްތަކަށާއި، އިންޓަރންޝިޕް ގްރާންޓް ސަޕޯޓަށް އެދި ހުށަހެޅުމާގުޅޭ އެންމެހާ މަޢުލޫމާތު ތިރީގައި މިވާ ލިންކްތައް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

 

https://sites.google.com/psu.ac.th/sci-ir/collaborations/scholarship

https://sites.google.com/psu.ac.th/sci-ir/collaborations/research-internship

 

އިންޓަރންޝިޕް ގްރާންޓް ސަޕޯޓް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓް ސްޓޫޑެންޓްސް ޕްރޮގްރާމަށް އެދި ހުށަހަޅަންވާނީ އެ ޔުނިވަރސިޓީގެ އެނައުންސްމަންޓްގައިވާ އެޕްލިކޭޝަން ފޯމު ކިއު.އާރު ކޯޑު މެދުވެރިކޮށް ކަމަށާއި، ދަ 2024 ސްކޮލަރޝިޕް ފޮރ އިންޓަރނޭޝަނަލް ގްރެޖުއޭޓްސް ސްޓޫޑެންޓްސް ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހަޅުއްވާނީ، އެ ފެކަލްޓީގެ އީ- މެއިލް ([email protected]) މެދުވެރިކޮށް ކަމުގައި އެފަރާތުން ވަނީ އަންގަވާފައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 ގެ ކުރިން ކަމުގައި އެފަރަތުން ވަނީ އަންގަވާފައެވެ.

 .........................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

25 ޖުލައި 2024
ހޯދާ