މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ވަގުތީ ކުނިކޮށި ޢިމާރާތްކުރުމާއި ގުޅޭ

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު – ވަގުތީ ކުނިކޮށި ޢިމާރާތްކުރުމާއި ގުޅޭ

1. ވަގުތީ ކުނިކޮށި ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 07 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 12 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 10:15ގެ އިނގުރައިދޫ ކައުންސިލް އިދާރާގައެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

25 ޖުލައި 2024
ހޯދާ