މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ކައުންސިލްގެ އިދާރާއަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބ.މާޅޮހު ކައުންސިލްގެ އިދާރާއަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިއިދާރާއަށް ޤާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން/ ނަންނޯޓްކުރުން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2024ޖުލައި 31 ވާ ބުދަދުވަހުގެ  13:00  ގެ ކުރިން، ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ދުރުވެ، މެއިލްގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.
  • ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

    -  ލޯފަރމެއްނަމަ ރަޖިސްޓްރީ ސެޓްފިކެޓް

    -  އަމިއްލަ ފަރުދެއްނަމަ ޤާނޫނީދާއިރާއިން ލިބިފައިވާ ސަނަދުތައް

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ދިނުމަށް 2024 އޮގަސްޓް 04 ވާ އާދިއްތަދުވަހުގެ 11:00ގައި، އޮންލައިން ބައްދަލުވުމެއް އޮންނާނެއެވެ.
  • މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުން

  • ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024އޮގަސްޓް 08 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ބ. މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ވަގުތުގެ 10 މިނެޓް ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް އަށް ([email protected])  އަންދާސީ ހިސާބު މެއިލް ކުރެއްވުން އެދެމެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ،ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގުޅޭނެ ނަންބަރު)  ([email protected]) އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މާޢުލޫމާތު:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ، ފޯން:
ބ.މާޅޮސް، ދިވެހިރާއްޖެ

ފޯން ނަންބަރ: 4006020   އީމެއިލް: ([email protected])

25 ޖުލައި 2024
ހޯދާ