މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ފެށުމާ ގުޅޭ

          26 ޖުލައި 2024 ( ހުކުރު )  ދުވަހުން ފެށިގެން 01 އޯގަސްޓް 2024 ( ބުރާސްފަތި ) ދުވަހުގެ ނިޔަލަށް ފެރީގައި ދަތުރުކުރައްވާ ފަރާތްތަކުގެ އަތުން އަގު ނެގުމަކާއި ނުލައި އަހުލުވެރިކަމުގެ ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްވެ ދެންނެވުނު ދުވަސްތަކުގައި ދަތުރުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލްގެ ހޮޓްލައިން 7897744 އަށް ގުޅުއްވައި، ނުވަތަ ވައިބަރ މެސެޖް މެދުވެރިކޮށް 08:00 އާއި 15:00 އާ ދެމެދު ނަން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ދަތުރުތަކުގައި އެމް.ޓީ.ސީ.ސީ އިން ކޮންމެ ރަށަކަށް ކަނޑައެޅިފައިވާ 5 ޖާގަ އެވެ. ޖާގަދިނުމަށް ހަމަޖެހިފައިވަނީ ނަން ނޯޓުކުރާ ތަރުތީބުން އެންމެ ފުރަތަމަ ނަންނޯޓް ކުރައްވާ 5 ފަރާތައް ކަމުގައި ދެންނެވީމެވެ. އަދި 02 އޯގަސްޓް 2024 ( ހުކުރު ) ދުވަހުން ފެށިގެން ފެރީގެ ޚިދުމަތް ދެމުން ގެންދާނީ އަގު ނަގައިގެން، އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ކަމުގައިވެސް ދެންނެވީމެވެ.

          ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 ޖުލައި 2024
ހޯދާ