ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ. މާފުށި، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ޙިދުމަތްތަކަށް އަގުކުރުމާ ގުޅޭ

ނަންބަރު: WAMCO-BDM/IUL/2024/048

ޢިޢުލާން

ކ. މާފުށި، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ޙިދުމަތްތަކަށް އަގުކުރުމާ ގުޅޭ

       ކ.މާފުށި، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ތެރެއިން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ތެރޭގައި، މި ކޯޕަރޭޝަނުން ވާނީ ޚިދުމަތްތައް ފޯރުކޮށްދީފައެވެ. އަދި އޯގަސްޓް މަހުގެ ފީ ޖުލައި މަހުގައި ހިމެނިގެންދާނެގޮތަށް ބިލްކުރެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކާއި ދަންނަވާލިމެވެ. 

       01 އޯގަސްޓް 2024 އިން ފެށިގެން ވެމްކޯގެ ސައިޓްތަކުން ގޭޓް ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ވެމްކޯގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަގުކުރެވިގެން އަންނާނީ ތިރީގައި ތާވަލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

ކ.މާފުށި

ތިނަދޫ ސިޓީ

ކުޅުދުއްފުށި ސިޓީ

ވެމްކޯގެ ޙިދުމަތްތަކަށް ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުން:

މަހަކު -/150 ރ.

މަހަކު -/150 ރ.

މަހަކު -/150 ރ.

ވެމްކޯގެ ޙިދުމަތްތަކަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީތަކުން:

ލީޓަރަކަށް -/0.16 ރ.

ލީޓަރަކަށް -/0.16 ރ.

ލީޓަރަކަށް -/0.16 ރ.

ވެމްކޯގެ ސައިޓުތަކުން ޙިދުމަތް ހޯދާ ފަރާރަތްތަކުން:

ޓަނަކަށް -/108 ރ.

ޓަނަކަށް -/108 ރ.

ޓަނަކަށް -/108 ރ.

ސަރުކާރު މުޢައްސަސާތަކުގެ ގޭޓްފީއެއްގެ ގޮތުގައި:

ޓަނަކަށް -/2660 ރ.

ޓަނަކަށް -/2660 ރ.

ޓަނަކަށް -/2660 ރ.

ސަރުކާރު މުޢައްސަސާތަކުގެ ކޮމާޝަލް ޚިދުމަތްތަކުން:

ލީޓަރަކަށް -/1.27 ރ.

ލީޓަރަކަށް -/1.27 ރ.

ލީޓަރަކަށް -/1.27 ރ.

      ވީމާ، ކ.މާފުށި، ތިނަދޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީގައި  ވެމްކޯގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން 01 އޯގަސްޓް 2024 އިން ފެށިގެން މަތީގައި އެވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްތަކަށް އަގުކުރެވޭނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

25 ޖުލައި 2024

25 ޖުލައި 2024
ހޯދާ