ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
30 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ބެކް ޑްރޮޕް ޑިޒައިންކޮށް އަދި އިވެންޓް އޯގަނައިޒަރެއްގެގޮތަށް ހަރަކާތްތެރިވެވޭ ފަރާތެއް ހޯދުމަށް

ޤުރްއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ބެކް ޑްރޮޕް، އިސްލާމީވަންތަކަން ދައްކުވައިދޭ ގޮތަށް ޑިޒައިންކޮށް އަދި އިވެންޓް އޯގަނައިޒަރެއްގެގޮތަށް ހަރަކާތްތެރިވެވޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 9:30 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 9:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދަންނަވަމެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ