މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުން

އިޢުލާން

 

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުން

އެކި ބާވަތުގެ ތަކެތި ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާތީ، އެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ޙިއްޞާކުރުމަށް ދަންނަވަމެވެ.

މި މަޢުލޫމާތު އެއްކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމެވެ. އަދި، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުމެވެ.

ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޯގަސްޓް 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުރވެރިކޮށް މި މިނިސްޓްރީއާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ދަންނަވަމެވެ.

https://trade.gov.mv/en/producers-registry-form

މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

24 ޖުލައި 2024
ހޯދާ