ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކުރުމާގުޅޭ:

   ގޯތި ގޯއްޗާއި، ގޯތި ގުޅިފައިވާ މަގުން ވިނަނޮޅައި ސާފުނުކޮށް ހުރުމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. މިގޮތުން މިއިދާރާއިން ބެލިބެލުމުން ވެސް ގިނަޢަދަދެއްގެ ގޯތި ތަކާއި، ގޯތި ގުޅިފައިވާ މަގުން ވިނަނޮޅައި ސާފުނުކޮށް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުންހިގާ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތި އުދަގޫތަކާއި ކުރިމަތިލާންޖެހޭ ފަހަރު އަންނަނީ އިތުރުވަމުންނެވެ. އަދި ހަމައެހެންމެ މަދުން ނަމަވެސް ނުރައްކާތެރި ޙާދިސާ ތަކާއި ކުރިމަތިލާންޖެހޭ ފަހަރު އަންނަކަންވެސް ފާހަގަ ކުރަމެވެ. ކޮންމެ މަގަކީވެސް ހުރިހާ އެންމެނަށް އަމާން، އޮމާން އަދި އުދަގުލަކާއި ނުލައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ފަދަ ތަނަކަށް ވެފައި އޮތުމަކީ މުހިންމު ކަމެއްކަން ޔަގީނެވެ.

އެގޯއްޗެއް ގުޅިފައިވާ މަގުން ކުނިކަހައި ވިނަނޮޅާ ސާފު ކުރުމާއި، މަގުންހިގާ މީހުންނާއި ދުއްވާ ތަކެއްޗަށް އަދި މަގުބައްތިއަށް ދަތިވާ ގޮތަށް ހުންނަ ރުއްގަސްތައް ކޮށައި މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން ހަނދުމަފުޅުކޮށް އަރުވަމަވެ. 

   ވިމާ ގޯތި ގޯއްޗާއި ގޯތި ގުޅިފައިވާ މަގުތައް ރީތިކޮށް ވިނަނޮޅައި ސާފުކޮށް ބަލަހައްޓަމުން ގެންދިއުމަށް އިލްތިމާސް ކުރަމެވެ.

   އަދި ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

24 ޖުލައި 2024
ހޯދާ