ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމާގުޅޭ

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓްރީ ޢާންމުކޮށް، އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2024 ޖުލައި 28 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ.

މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ، މި އިޢުލާނާއެކު ހިމަނާފައިވާ "ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހަޅާ ފޯމު" އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާ ފޯމު ފޮނުއްވާނީ [email protected] އަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓު dja.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިހެންވެ، މި ކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

18 މުޙައްރަމް 1446

24 ޖުލައި 2024

24 ޖުލައި 2024
ހޯދާ