ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާގުޅޭ

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު މި ޑިޕާޓްމަންޓުގައި ވަނީ ޤާއިމުކުރެވިފައެވެ.

އެގޮތުން، މި އިންތިޚާބާގުޅޭ ޝަކުވާ ހުށަހަޅާނީ، މި އިޢުލާނާއެކު ހިމަނާފައިވާ "ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހަޅާ ފޯމު" އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާ ފޯމު ފޮނުއްވާނީ [email protected] އަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓު dja.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

18 މުޙައްރަމް 1446

24 ޖުލައި 2024

24 ޖުލައި 2024
ހޯދާ