ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

     މި ކައުންސިލާއި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ގައްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މި ޕްރޮގްރާމް ހިންގުމަށް ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ 18 އަހަރުން ދަށުގެ ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންގެ ލިސްޓެއް އެކުލަވާލެއްވުމަށް ބޭނުންވެއެވެ.

      ވީމާ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިޔުންތައް ހުށަހަޅާ ކައުންސިލް އިދާރާގައި ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • އައިޑީކާޑުގެ ސާފު ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސުކޫލުގައި އުޅޭނަމަ ބެލެނިވެރިޔާގެ ލިޔުން

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖުލައި 2024
ހޯދާ