ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް ލެޕްޓޮޕް ގަތުމަށް ކުރެވުނު ނަންބަރު: IUL)22-E/1/2015/126) އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުން ޓެކްނިކަލް އިވެލުއޭޝަނުން ފާސްވެފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން 07 ލެޕްޓޮޕް ގަތުމަށް އިޢުލާންކުރަމެވެ. ތިރީގައި ބަޔާން ކޮށްފައިވާ އައު ސްޕެސިފިކޭޝަނަށް ފެތޭ 7 ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެއެވެ. ތިރީގައި ބަޔާންކުރެވިފައިވާ ސްޕެސިފިކޭޝަނަށް ލެޕްޓޮޕް ނުލިބިއްޖެނަމަ، އެއާ އެންމެ ގާތްކުރާ ސްޕެސިފިކޭޝަން ހުށަހަޅާ ފަރާތަކާ މިތަކެތި ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
QTY |
UNIT |
DESCRIPTION |
7 |
NOS |
Laptops |
Processor: Intel Core i5 Series, 3 M Cache, minimum 2.2 GHz |
||
Memory: 4 GB RAM, DDR 3 Dual Channel |
||
Hard Drive: 500 GB SATA Hard-disk drive |
||
Graphics: Dedicated graphics |
||
Display: 14” XGA TFT, 1024 x 768 resolution |
||
Network Interface: Integrated Ethernet 10/100/1000 Mbps |
||
Wireless LAN: Integrated Wireless Network Connection (802.11b/g) |
||
Bluetooth: Integrated Bluetooth 3.0 |
||
Audio: Integrated sound |
||
Pointing Device: Touch pad |
||
Keyboard: Full-sized Windows keyboard (US layout) |
||
Ports: 3 x USB 2.0, VGA, HDMI, Line-in, Line-out, Mic, Card reader |
||
Accessories: Carry case, USB optical mouse |
||
OS: Genuine Windows 8.1 Professional 64-bit |
||
Warranty: 1 year parts |
||
Warranty: 1 year service. |
އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް: ލެޕްޓޮޕްސް – އީއީޑީޕީ-ސީއެސްޔޫ" ޑޮކިޔުމަންޓް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު މި ޑޮކިޔުމަންޓްގައި ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓް http://www.eedp.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޑޮކިޔުމަންޓް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (103، 1 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.