ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ. ނަޑެއްލާ މަގުތަކުގައި ހަރުކުރަންޖެހިފައިވާ މަގުބައްތިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝައުޤުރުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ކަމާއި ބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން: https://n9.cl/wrkdtls ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައިއެވާ ގޫގަލް ފޯމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

ގޫގަލް ފޯމް ލިންކް: https://tinyurl.com/regfrm24

ބީލަން ހުށަހެޅުން އޮންނާނީ 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބީލަމުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

23 ޖުލައި 2024
ހޯދާ