ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ޖުލައި މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެވެ. މިބައްދަލުވުމުގައި ޚިއްސާކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުން
  • 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލްގެ މާލީ ރިޕޯޓް ހުށަހެޅުން
  • 2024 ވަނަ އަހަރު އިތުރަށް ހިންގުމަށް ރޭވިފައިވާ ހަރަކާތްތައް
  • 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުން
  • ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން

             ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. 

23 ޖުލައި 2024
ހޯދާ