ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

 

ރުއްގަހުގެ ބަދަލު ހަމަޖެއްސުން:

    ތިރީގައިވާއެވާ ދެ ސަރަހައްދުގައި ހުރި ރުއްތަކުގެ އިދާރީ ބަދަލު ހަމަޖެއްސުމަށް ބޭނުންވާތީ، އެސަރަހައްދުގައި ހުރި ރުއްތަކުގައި " ރަތް " ކުލައިން ނަންބަރު ޖަހާފައިވާނެއެވެ.

1- ޖުވެނައިލް ސެންޓަރގެ ދެކުނުން ރަތްވިލާމަގާއި ރަށްދެބައިމަގާއި ދެމެދުން އިއްޒުއްދީންމަގަށް އިންވެގެންވާ ސަރަހައްދު 1 ން 40 އަށް،

2-    ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައިވާ ހުސްބިމުގެ ސަރަހައްދު 1 ން 14 އަށް،

    ވީމާ މިދެންނެވި ދެސަރަޙައްދުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، އެ ރުއްގަހުގެ ވެރިން 2024 ޖުލައި31  ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ސަރަހައްދުގައި ހުރި އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަގައި، ތަންހުސްކުރުމަށް އަންގަމެވެ.

23 ޖުލައި 2024
ހޯދާ