މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މެނޭޖަރ، ސޯޝަލް މީޑިއާ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                  އިޢުލާން ނަންބަރު:‮‭‭‮‭(IUL)MMPRC-HR/1/2024/53 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: މެނޭޖަރ، ސޯޝަލް މީޑިއާ

-  މުސާރަ (މަހަކު) : -/13,680 ރުފިޔާ މަހަކު

-  ސަރވިސް އެލަވަންސް: -/:4,788 ރުފިޔާ މަހަކު

-  ލިވިންގ އެލަވަންސް: -/4,104 ރުފިޔާ މަހަކު  

-  ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާޓްމަންޓް / ސެކްޝަން: ސޯޝަލް މީޑިއާ އެންޑް ކޮންޓެންޓް/ ސޯޝަލް މީޑިއާ

ބޭނުންވާ އަދަދު: 1

  1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން  (ނުވަތަ)،

ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ރ. ޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން.

 2.  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ.  ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިންގ ޕްލޭނާއި، ސެކްޝަން ގެ ބަޖެޓް ތައްޔާރުކުރުން. 

ށ. އައު ކަންތައްތަކުގެ މަޢުލޫމާތު ޤަވާއިދުން ހޯދައި އެފަދަ ކަންކަން މާކެޓިންގ ކެމްޕެއިންތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދުމާއި ސުޕަވައިޒަރާ ހިއްސާކޮށް، އިމްޕްލިމެންޓްކުރުމުގެ މަސައްކަތް ކުރުމާއި ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ ސްޓްރެޓެޖީތައް ތަންފީޒުކޮށް، ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމުގެ

މަސައްކަތް ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން.  

ނ. ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕެއިންތައް ޕްލޭންކޮށް ތައްޔާރުކުރުމާއި ކޯޕަރޭޝަނުގެ ވިޒިޓް މޯލްޑިވްސް ކެމްޕެއިންތައް ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް (ފޭސްބުކް، ޓްވިޓަރ، އިންސްޓަރގްރާމް، ޔޫ-ޓިއުބް، ޓިކްޓޮކް، ލިންކްޑްއިން އަދި ގޫގްލް އެޑްސް ހިމެނޭގޮތަށް) ކުރިއަށް ގެންދިއުން.

ރ. ސޯޝަލް މީޑީއާ ކެމްޕެއިންތައް އަދި ފްލޯވަރ ބޭސްއެއް އިތުރުކުމަށް އަމާޒް ތަކެއް ކަނޑައަޅައި، އެ ޓާގެޓްތަކަށް ވާސިލްވުމަށް މަސައްކަތްކުރުން.  

ބ. ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ކޮންޓެންޓްތައް މެނޭޖްކޮށް ބެލެހެއްޓުން.

ޅ. ސޯޝަލް މީޑިއާ ޓީމް ލީޑްކޮށްގެން ކެމްޕޭންތަކުގައި ހިމެނުމަށް މޯލްޑިވްސްގެ އޮންލައިން ޚަބަރުތަކާއި ސޯޝަލް މީޑިއާ ޓީމްގައި އިސްކޮށްހަރަކާތް ތެރިވެ އޮންލައިން ޓްރެންޑްތަކުގެ ކެޕިޓަލައިޒް ކުރުމުގެ އިތުރުން ނެގެޓިވިޓީ ކުޑަކުރުމުގެ މަސައްކަތްކުރުން.

ކ. ސޯޝަލް މީޑިއާ ކުރިއަރައިދާ ގޮތްތައް ދެނެގަނެ އެންމެ ފައިދާހުރި ގޮތްތައް އެކި ރިސާރޗްތައް މެދުވެރިކޮށް ދެނެގަނެ އެންމެ ފަހުގެ އަދި އެންމެ އަވަހަށް މެސެޖް ފޯރުކޮށްދޭ ގޮތްތަކުގެ މަޢުލޫމާތު ހޯދައި ޓީމާ ހިއްސާކުރުން.

އ. ސޯޝަލް މީޑިއާ ކުރިއަރައިދާ ގޮތްތައް ދެނެގަނެ އެންމެ ފައިދާހުރި ގޮތްތައް އެކި ރިސާރޗްތައް މެދުވެރިކޮށް ދެނެގަނެ އެންމެ ފަހުގެ އަދި އެންމެ އަވަހަށް މެސެޖް ފޯރުކޮށްދޭ ގޮތްތަކުގެ މަޢުލޫމާތު ހޯދައި ޓީމާ ހިއްސާކުރުން.

ވ. މާކެޓިންގ ޓީމްތަކާއި ގުޅިގެން ވަކިވަކި މާކެޓްތަކަށް ޓާގެޓް ކުރެވިފައިވާ ކެމްޕޭން ތައް އުފައްދައި އެކިއެކި ޓާގެޓް މާކެޓްތަކުގެ އެކްޝަން ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުން.

މ. ޔޫޒަރ އެންގޭޖްމަންޓް މޮނިޓަރކޮށް ކޮންޓެންޓް އޮޕްޓިމައިޒޭޝަނަށް ހުށަހަޅައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

ފ. އިންޑަސްޓްރީގެ ބައިވެރިންނާ ގުޅިގެން ޖޮއިންޓް ކެމްޕޭންތައް އުފެއްދުން.

ދ. ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މޯލްޑިވްސް ބްރޭންޑް އިޝްތިހާރުކޮށް ކޮންމެދުވަހަކު ކޮންޓެންޓް އުފައްދައި، އެޑިޓްކޮށް، ޕަބްލިޝްކުރުން.

ތ. ރާއްޖެ އިޝްތިހާރުކުރުމުގައި ގެންގުޅޭ ޓްރެންޑްތަކާއި، ވިސްނުންތަކާއި އެންމެ ރަނގަޅު އުކުޅުތައް ދެނެގަނެ މެދުނުކެނޑި ރަނގަޅުކުރުން.

ލ. ސޯޝަލް މީޑިއާ އަދި ވެބްސައިޓްގައި ހިމެނޭ މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

ގ. ދުވަހުން ދުވަހަށް ކުރިއަށްގެންދެވޭ ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭން ތަކުގެ އަޕްޓޭޑް ސުޕަރވައިޒަރާއި ހިއްސާކުރުން.

ޏ. މެޓްރިކް އެނާލިސިސް ރިޕޯޓްތައް ގަވާއިދުން އަޕްޑޭޓްކޮށް މެނޭޖިންގ ޑިރެކްޓަރ އަދި ޑިޕާޓްމަންޓް ހެޑާ ހިއްސާކުރުން.

ސ. ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުމާއި އަޕްޑޭޓްދިނުން.

ޑ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހާއި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. 

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މި އިޢްލާނާއެކު އެޓެޗްކުރެވިފައިވާ އެނެކްސް 1 ގައި ހިމަނާފައިވާނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

ކ. މި މަޤާމުގެ ސްކޯޕް މި އިޢްލާނާއެކު އެޓެޗްކުރެވިފައިވާ އެނެކްސް 2 ގައި ހިމަނާފައިވާނެއެވެ.

6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

22 ޖުލައި 2024
ހޯދާ