އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނާއި ބައްދަލުކުރުން:

މި އިޢުލާންވަނީ 22 ޖުލައި 2024 21:33 ގައި ބާތިލް ކުރެވިފައެވެ.


 ނަންބަރ: A/IUL/344/2024/56

އިޢުލާން

ރައްޔިތުންނާއި ބައްދަލުކުރުން:

ޤާނޫނު ނަންބަރ 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާ" ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން އަދި ޤާނޫނު ނަންބަރ 7/2010 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ކައުންސިލްތައް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތަކުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އއ. ފެރިދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވެލެއްވުން އެދި މިރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ބައްދަލުވުމުގެ އެެޖެންޑާ:

  • ·              2025 ވަނަ އަހަރުގެ ވޯކް ޕްލޭން ހިއްސާ ކުރުން 
  • ·              2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާއި މަޝްވަރާކުރުން
  • ·              ފާއިތުވި 6 މަސް ދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށައެޅުން
  • ·              ރަށުގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން
  • ·              މިއަހަރު ކުރިއަށް ރޭވިފައިހުރި ކަންކަން ހިއްސާކުރުން
  • ·              މަޢުލޫއާއި ގުޅޭގޮތުން ސުވާލާއި ޖަވާބު

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖުލައި 2024
ހޯދާ