ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާބަން ޕްލޭނިންގް އަދި ޑިޒައިން ޑިވެލޮޕްމެންޓް އެންޑް ކޮންސަލްޓެންސީގެ މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. އާބަން ޕްލޭނިންގް އަދި ޑިޒައިން ޑިވެލޮޕްމެންޓް އެންޑް ކޮންސަލްޓެންސީގެ މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު(IUL)468-APS/468/2024/183 އިޢުލާން ގެ މައުލޫމާތު ޝީޓް އަށް ބަދަލުގެނެވިފައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862812

  އީމެއިލް: [email protected]

22 ޖުލައި 2024
ހޯދާ