މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ

 

އިޢުލާން

ރައްޔަތުންގެ ބައްދަލުވުމުގެ ދަޢުވަތު

            ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2024 ޖުލައި 31 ވާ ބުދަ ދުވަހުގެ 20:30 ގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރު.ސީ ހޯލުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

            ވީމާ، މިބައްދަލުވުމަށް މުލީގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

ޖަލްސާގެ އެޖެންޑާ

  1. 2024 ވަނައަހަރު ފުރަތަމަ 6 މަސްދުވަހު ހިންގުނު ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން
  2. ކައުންސިލުން އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުން
  3. 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލް ހިއްސާކުރުން
  4. 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުން
  5. ރައްޔިތުންގެ ހިޔާލު ހޯދުން
  6. ބިލެއްމީރު ކޮށްލެއްވުން

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

22 ޖުލައި 2024
ހޯދާ