ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާން ( ސްކޫލުގެ މައި ގޭޓް މަރާމާތުކުރުން )

ސްކޫލުގެ މައި ގޭޓް މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް.


     ތާރީޚް: 22 ޖުލައި 2024                           ނަންބަރ : GS.38/2024/07 (IUL)

 

އިޢުލާން   

 

 

މި ސްކޫލުގެ ނަންބަރު: 06/2024/(IUL) GS38 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު، މި ސްކޫލުގެ މައި ގޭޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރުން  .

 

            މި ސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މި ސްކޫލުގެ މައި ގޭޓް އަމިއްލަތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެހަށް ([email protected]  ) ފޮނުއްވައި ނުވަތަ މި ދަންނަވާ ނަންބަރާއި ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ. 9704428 ، 6700026

           23 ޖުލައި 2024 ވާ އަންގާރަ ދުވަހުން ފެށިގެން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

31 ޖުލައި 2024

ބުދަ

މަޢުލޫމާތު ސާފްކުރުން

13:00މެންދުރު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

07 އޮގަސްޓް 2024

ބުދަ  

އަންދާސީ ހިސާބްހުށަހެޅުން

13:00މެންދުރު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

  • މި މަސައްކަތްކުރުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

  •   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

  •  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

 

  •   މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6700026 ނުވަތަ 9704428  ފޯނަށް 23 ޖުލައި 2024އިން 30 ޖުލައި 2024އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  •  މި ސްކޫލުގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ.
  •  މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ޖުލައި 2024
ހޯދާ