ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ސްޓާފް ކުއާޓަރ ބިލްޑިންގެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން

ފުވައްމުލަކު އެއަރޕޯޓްގައި މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ސްޓާފް ކުއާޓަރ ބިލްޑިންގެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ނުވަތަ ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖޫން 2015 (ބުދަ) ދުވަހުގެ 10:00 އަށް މިއޮފީހަށް ނުވަތަ ފުވައްމުލަކު އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

07 ޝަޢުބާން 1436

25 މޭ 2015
ހޯދާ