މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫން އަލަށް ދޫކުރެވިފައިވާ ގޯތިތަކާއި އެ ގޯތިތަކުގެ މަގާއި ގޯޅީގައި ހުރި ރުއްގަހުގެ ބަދަލުގައި ރުއްގަސް އިންދާ ރޮއި ކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުން އަލަށް ދޫކުރެވިފައިވާ ގޯތިތަކާއި އެ ގޯތިތަކުގެ މަގާއި ގޯޅީގައި ހުރި ރުއްގަހުގެ ބަދަލުގައި ކައުންސިލުން ދައްކާ ސަރަހައްދުތަކެއްގައި ރުއްގަސް އިންދާ ރޮއިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން 15 ޖުލައި 2024 ގައި ކުރެވިފައިވާ މި އިދާރާގެ ނަންބަރު: 293/293/2024/26 (IUL) އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމަށް ހާޒިރުވީ އެއްފަރާތުން ކަމަށްވާތީ  އެ އިއުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބިޑުރަޖިސްޓަރީކުރާ ފޯމު ފުރިހަމަކޮށް 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށްފަހު 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާއަށް ބީލަން ހުށަހެޅުން އެދެމެވެ.

22 ޖުލައި 2024
ހޯދާ