ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިންގީ ޖެޓީ ގައި ފައްތިޔާ އެޅުމުގެ މަސައްކަތް ކުރުމާއި ގުޅޭ:

ގދ. ހޯނޑެއްދޫ ބަނދަރުގައި ޑިންގީއާއި ކުދި އުޅަނދު ފަހަރަށް ހާއްސަކުރެވިފައިވާ ސަރަހައްދު (ޑިންގީ ޖެޓީ) ގައި ފައްތިޔާ އެޅުމުގެ މަސައްކަތް މިމަހު 23 އިން 25 އަށް ކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިއަދުން ފެށިގެން ޑިންގީ ޖެޓީ ގައި އަޅާފައިވާ އުޅަނދުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް އަންގަމެވެ.

އަދި އެސަރަޙައްދުގައި މަސައްކަތް ކުރިއަށްދާއިރު ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް ބަލާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

22 ޖުލައި 2024
ހޯދާ