މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާގުޅޭ

ޕްރޮޖެކްޓް ނަންބަރު PC/308/2024/09

ރ. މަޑުއްވަރީގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތު

  1. ކޮންޓްރެކްޓް އުސޫލުން މަހަކަށް 40،000.00 (ސާޅީސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަގެއްގައި އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ވަޒީފާގައި ގެންގުޅެންވާނީ ދިވެހީންނެވެ. (މަޑުއްވަރީގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މަޑުއްވަރީގައި ދިރިއުޅޭ މީހުން)
  3. މަޑުއްވަރީ ކައުންސިލުން އިޖުތިމާޢީ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ކޮންމެ ސަރަޙައްދެއް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ކުނިކަހާ ކުނި އުކާލުން.
  4. ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނީ މަޑުއްވަރީ ކައުންސިލުން ޢަމަލުކުރަމުންދާ ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އުސޫލުގައިވާ ގޮތަށެވެ.
  5. މަޑުއްވަރީ ކައުންސިލުން ކަނޑައަޅާފައިވާ އިޖްތިމާޢީ ސަރަޙައްދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
  6. ސާފުކުރުން ކަމުގައި ބަލަނީ އިޖްތިމާއި ޞަރަޙައްދަށް އެޅިފައިވާ އެންމެހާ ކުންޏާއި ގައުކުޑި އަދި ފަޅާފައިވާ ވިނަ ނޮޅާ ސާފުކުރުމަށެވެ.
  7. އިޖްތިމާއީ ޞަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދުގައި އިންދާފައިވާ ނުވަތަ އަމިއްލައަށް ނިރުއަރައިގެން ހެދިފައިވާ އެއްވެސް ގަހެއް ނުވަތަ ރުކެއް ކަނޑަންވާނީ ކައުންސިލުގެ ހުއްދަލިބިގެން ކައުންސިލުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
  8. އިޖްތިމާއީ ޞަރަޙައްދު ސާފުކޮށްގެން ނަގާކުނި ދުވަހުން ދުވަހަށް ކުނިކޮށްޓަށް ގެންދަންވާނެއެވެ. އަދި ގައުކުޑި ގައު އެޅުމަށް ކައުންސިލުން ކަނޑައަޅާތަނަކަށް އަޅަންވާނެއެވެ.
  9. އިޖުތިމާޢީ ސަރަޙައްދު ދައްކުވައިދޭ ޗާޓު މިއިޢުލާނުގެ 'ޖަދުވަލް 1' ގައި ހިމަނާފައިވާނެއެވެ.
  10. އިޖްތިމާޢީ ސަރަޙައްދުގެ ބޮޑުމިން: 556275 އަކަފޫޓު
  11. މަސައްކަތުގެ މުއްދަތު: 2 އަހަރު

ރަޖިސްޓްރީކުރުން

2024 ޖުލައި 28 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޖުލައި 28 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2024 ޖުލައި 29 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" އިޖުތިމާޢީ ސަރަޙައްދު ސާފުކުރުން "

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކުލަބު ޖަމްޢިއްޔާއެއްނަމަ ރަޖިސްޓްރީ ކޮޕީ، ވިޔަފާރިއެއްނަމަ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %90

- ތަޖުރިބާ

2. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.

3. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 5 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.

4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ

5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ޖުލައި 2024
ހޯދާ