މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ ވަނަ މާއްދާގެ 22 ވަނަ ނަންބަރާއި 40 ވަނަ މާއްދާގެ 23 ވަނަ ނަންބަރު ގައި ރަށު ކައުންސިލުން އަދި ސިޓީ ކައުންސިލުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތަކުގެ ތެރޭގައި، މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާއެއްޗެހި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން، އެއްގަމާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ސިޓީ ކައުންސިލް އަދި ރަށު ކައުންސިލުން ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން މި ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މިރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، މި ދަފްތަރު އެކުލަވާލުމަށްޓަކައި މިރަށުގައި ދުއްވާ ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ފަހަރުގެ ވެރި ފަރާތްތަކުން އެ އުޅަނދެއް މި ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި، ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް އެމަޢުލޫމާތު ފުރިހަމަކޮށްދެއްވުން އެދި ދެންނެވީމެވެ.

https://forms.gle/a7DfHqKM8N2UnTnPA 

21 ޖުލައި 2024
ހޯދާ