ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ކޮންސްޓަބަލް

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/15,500 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/8,990 ރުފިޔާ

މަޤާމުގެ އެލަވަންސް: -/6,510 ރުފިޔާ

- ކެއުމާއި ބޭސްފަރުވާ ކުރުން.

ޝަރުތު:

- އެސް.އެސް.ސީ އިމްތިޙާނުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،

- ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވުން، (ފޯމުހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް ދެންނެވިފައިވާ އިސްކޮޅު ހަމަނުވިކަމުގައިވީނަމަވެސް ފޯމު ބަލައިގަނެވޭނެއެވެ.)

މަޤާމު: ސާޖަންޓު ގްރޭޑް 1

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/18,700 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/10,845 ރުފިޔާ

މަޤާމުގެ އެލަވަންސް: -/7,855 ރުފިޔާ

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

ޝަރުޠު: އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ 6 (ހައެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަޤާމު: ސާޖަންޓު ގްރޭޑް 2

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/20,400 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/11,830 ރުފިޔާ

މަޤާމުގެ އެލަވަންސް: -/8,570 ރުފިޔާ

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

ޝަރުޠު: ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ހާޞިލްކޮށްފައިވުން.

މަޤާމު: ސާޖަންޓު ގްރޭޑް 3

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/22,100 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/12,820 ރުފިޔާ

މަޤާމުގެ އެލަވަންސް: -/9,280 ރުފިޔާ

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

ޝަރުޠު: އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަޤާމު: ސީނިއަރ ސާޖަންޓު ގްރޭޑް 1

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/24،200 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/14,035 ރުފިޔާ

މަޤާމުގެ އެލަވަންސް: -/10,165 ރުފިޔާ

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

ޝަރުޠު: ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

މަޤާމު: ސީނިއަރ ސާޖަންޓު ގްރޭޑް 2

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/26،500 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/15,370 ރުފިޔާ

މަޤާމުގެ އެލަވަންސް: -/11,130 ރުފިޔާ

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

ޝަރުޠު: އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

 އެހެނިހެން ޝަރުތުތައް:

- މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން،

34/2020 "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.

މަސްޢޫލިއްޔަތާއި ވާޖިބު:

- ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނު ނަންބަރު (34/2020)ގައި ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް:

ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކަށް،

މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް،

- ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް.

ވަޒީފާއަށް މީހުން ނެގުމުގައި ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިރީގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން:

ބެކްގްރައުންޑް އެސެސްމެންޓް،

ފިޒިކަލް ފިޓްނަސް އެސެސްމަންޓް،

ފެތުމުގެ އެސެސްމަންޓް،

އެޕްޓިޓިއުޑް ޓެސްޓް،

އިންޓަރވިއު އަދި

- މެޑިކަލް އެގްޒަމިނޭޝަން.

މަސައްކަތްކުރަންޖެހޭ ތަން:

- ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި.

ހުށަހަޅަންޖެހޭ ލިޔުންތައް: 

ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރުމަށް ޝައުގެވެރިވާ ތަން ފޯމްގައި ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.)،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، 

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،

- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 އޮގަސްޓް 01 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. 

15 މުޙައްރަމް 1446

21 ޖުލައި 2024
ހޯދާ