ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މޮނިއުމެންޓް ޑިޒައިން ކުރުމަށް ހުޅުވާލުން

އަހަރީ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތް:

ކޮނޑޭގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ރަށުގެ ބަނދަރުގައި ހެދުމަށް ކައުންސިލުން ނިންމާފައިވާ މޮނިއުމެންޓް ޑިޒައިން ކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާތީ އެކަމަށް ހުޅުވާލައި ޑިޒައިންތައް ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މޮނިއުމެންޓްގައި ހިމެނެންޖެހޭ ކަންކަން:

  1. ރަށުގެ ނަން އިނގިރޭސީ އަކުރުން ލިޔެވިފައި އޮތުން.
  2. ޑިޒައިނުން ރަށުގެ ތާރީޚާ ޞަޤާފަތާއި ގުޅޭ ކަންކަން ފެންނަން ހުރުން.
  3. ޑިޒައިންގައި ރަށް ރަމްޒު ކޮށްދޭނެ ކަންކަން ހިމެނިފައި ހުރުން.

ޑިޒައިން ހުށަހަޅާ ފަރާތަށް ކަނޑައެޅިފައިވާ އިނާމް:

މިއިޢުލާނާއި ގުޅިގެން ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ޑިޒައިނަކަށް ރަމްޒީ އިނާމެއްގެ ގޮތުގައި 3,000 (ތިންހާސް ރުފިޔާ) އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، ބަނދަރު މޮނިއުމެންޓް ޑިޒައިން ކުރުމުގެ މުބާރާތައް ލޯގޯ ހުށަހެޅުއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖުލައި 2024 ވަނަ ދުވަހުގެ 23:59 ގެ ކުރިން ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް މެދުވެރިކޮށް ޑިޒައިނާއި، ޑިޒައިން އިން ރަމްޒުކޮށްދޭ ކަންކަމާއި، ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލުމާތު ސާފު ކުރެއްވުމަށް 6821045 އަށް ގުޅުންވުން އެދެމެވެ.

21 ޖުލައި 2024
ހޯދާ