ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

              އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކާ ޖުލައި މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2024 ޖުލައި 28 ވާ އާދީއްތަ ދުވަހުގެރޭ 20:45 ގައި ބާރަށު ޕްރީސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތަރައްޤީ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރު (2025) ގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުމާއި ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި ބާރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

15  މުޙައްރަމް 1446

21 ޖުލައި   2024

 

 

                                    ޞަފްޢަތު މުޙައްމަދު

                                               ބާރަށު ކައުންސިލްގެ ރައީސް


 

 

 

                              

21 ޖުލައި 2024
ހޯދާ