މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯގެ ފެލިވަރު ސައިޓަށް ބޭނުންވާ ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 134-PRO/I/2024/103: އިޢުލާން ނަންބަރު

އިޢުލާން

18 ޖުލައި 2024

 

މިފްކޯގެ ފެލިވަރު ސައިޓަށް ބޭނުންވާ ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާ،ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް 01 އަހަރު ދުވަހުގެ މުއަދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ. ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދެންވާނީ އަމިއްލަ ދަތުރުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު އެވެ. މިގޮތުން މި ކޮމްޕްލެކްސްއަށް ބޭނުންވާ ބާވަތްތަކުގެ ލިސްޓް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

 ބީލަން ހުށަހެޅުން

އީމެއިލް މެދުވެރިކޮށް

[email protected]

24 ޖުލައި 2024

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް

[email protected]

24 ޖުލައި 2024

މެންދުރުފަހު  01:00ގެ ކުރިން

 

ބީލަން ހުޅުވުން

 މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

24 ޖުލައި 2024

މެންދުރުފަހު  02:00ގައި

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

- އީމެއިލް އެޑްރެސް

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.

 

18 ޖުލައި 2024
ހޯދާ