މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި 2024 ގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު :

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެރޭ 20:45 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ.

 މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީ:

 

  • 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހިއްސާކުރުން
  • 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު ހިއްސާކުރުން
  • 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން

ވީމާ މިބައްދަލުވުމުގައި ބައިވެރިވުމަށް ލަންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

18 ޖުލައި 2024
ހޯދާ