މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ ، ކޮމިއުނިކޭޝަންސް

އިޢުލާން

ވަޒީފާގެ ފުރުޞަތު

  (IUL)427-OPR/1/2024/28 :ނަންބަރު

ތާރީޚް: 18 ޖުލައި 2024


މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ ، ކޮމިއުނިކޭޝަންސް

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ، ގްރޭޑް 1

ޑިޕާޓްމަންޓް

ކޮމިއުނިކޭޝަންސް، ރިސަރޗް އެންޑް ޑެވޮލޮޕްމެންޓް ޑިޕާޓްމަންޓް

ސެކްޝަން

ކޮމިއުނިކޭޝަންސް ސެކްޝަން

އަސާސީ މުސާރަ:

-/8900 ރުފިޔާ

އެލަވަންސް:

 

-   ލިވިންގ އެލަވަންސް:        -/3000 ރުފިޔާ

-   ނޮންޕްރެކްޓިސިންގ އެލަވަންސް: -/2500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ:  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން އިތުރުގަޑި ދެވޭނެއެވެ.

- މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު

 

  1. މަސައްކަތާ ގުޅޭ ފީލްޑަކުން ޑިގްރީ ހާސިލް ކޮށްފައިވުން؛
  2. ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން؛
  3. މިދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  4. މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑި އަށާ ހާޒިރީއަށް ފަރުވާ ބަހައްޓާ މީހަކަށްވުން؛
  5. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

 

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  1. ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން؛
  2. ޑިޕާޓްމެންޓާއި ސެކްޝަންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވާ ހިންގާ ބެލެހެއްޓުން؛
  3. ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ލިޔެ ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޢާންމު ކުރުމާއި މީޑިޔާ ބްރީފިންގތައް އިންތިޒާމު ކުރުވުން؛
  4. ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓަރުންނާއި ގުޅޭ ކަންކަމުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ޕްރެސް ރިލީޒް ތައްޔާރުކޮށް މީޑިޔާއަށް މަޢުލޫމާތު ދިނުން؛
  5. . ކޮމިޝަނަށް ބޭނުންވާ ސްޕީޗް ފަދަ ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް އިނގިރޭސި ބަހާއި ދިވެހި ބަހުން ލިޔެ ތައްޔާރުކުރުން؛
  6. . ގާނޫނު ނަންބަރު 1/2014 ( މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތުތައް އަދާކުރުން؛
  7. ކޮމިޝަންގެ ޕަބްލިކް ރިލޭޝަން ކަންކަމުގައި  ބޭނުންކުރާ ފޯނަށް ލިބޭ ޚިޔާލުތަކާއި ޝަކުވާތަކަށް ޖަވާބު ދިނުން؛
  8. ކޮމިޝަނުގެ ސެޓްރެޓީޖިކް ޕްލޭނާއި އެއްގޮތަށް ދާއިރާ އާއި ގުޅޭ ދިރާސާތައް ހެދުން؛
  9. ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭނަށް ރިޢާޔަތްކޮށް ކޮމިޝަނާއި، ލޯކަލް ބްރޯޑްކާސްޓަރުންގެ ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލުމުގައި ހަދަންޖެހޭ     ދިރާސާތައް ހަދާ އެފަދަ ކަންކަމުގައި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛
  10. ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މުރާޖަޢަކޮށް މިފަދަ ކަންކަން ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ދިނުން؛
  11. ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭނާއި އެއްގޮތަށް ދާއިރާ އާއި ގުޅޭ ދިރާސާތައް ކޮމިޝަނުގެ ސަމާލުކަމަށްގެނައުމާއިއެކު، އެ ދިރާސާތައް ކުރާނެ މަގު ހޯދުމާއި، ދިރާސާ ކުރުމުގެ މަސައްކަތް ރާވާ ހިންގުން؛
  12. . ބްރޯޑްކާސްޓިންގް ދާއިރާ ތަރައްގީ ކުރުމަށް ދިރާސާ ކުރަންޖެހޭ ކަންކަމަކީ ނުވަތަ މަޢުލޫތަކަކީ ކޮބައިތޯ ދެނެގަނެ ކުރަންޖެހޭ ދިރާސާތައް ތަރުތީބު ކޮށް  ރާވާ ހިންގުން؛
  13. . ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ރާވާ ހިންގުމާއި ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭންގައި ހިމެނޭ ދިރާސާ ކުރިއަށް ގެންދާނެ ގޮތުގެ ހިޔާލު ދިނުމާއި، އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުން؛
  14. . ކޮމިޝަންގެ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ރާވާ އެސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލުން؛
  15. ކޮމިޝަންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުން ހުރި ޕްރޮޖެކްތައް ލިޔެ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން؛
  16. ކޮމިޝަންގެ މަސައްކަތްތަކާއި ތަރައްޤީއަށް ބޭނުންވާ ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް ރާވައި، ކޮމިޝަންގެ އިރުޝާދުގެ ދަށުން މަޝްރޫޢުތައް ހިންގާ ބެލެހެއްޓުން؛
  17. ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭނަށް ރިޢާޔަތްކޮށް ކޮމިޝަނާއި، ލޯކަލް ބްރޯޑްކާސްޓަރުންގެ ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލުން؛
  18. ބްރޯޑްކާސްޓް ކުރުމުގެ އިންޓަނެޝަނަލް ބެސްޓް ޕްރެކްޓިސްތައް ހޯދާ އަދި މިފަދަ މަޢުލޫމާތުތަކުގެ އަލީގައި ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ   ކަންކަން  ޙާޞިލް ކުރުމަށް ކޮމިޝަނަށް އެހީތެރިވެދިނުން؛

 19.ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މުރާޖަޢަކޮށް މިފަދަ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރުން؛

20.ކޮމިޝަނަށް ބޭނުންވާ އެހީ އާއި ތަމްރީނުގެ ފުރުޞަތުތައް  ބައިނަލް އަޤްވާމީ  ފަރާތްތަކުން  ހޯދުމުގެ މަސައްކަތްތައް ކުރުމާއި ކޮމިޝަންގެ ސްޓާފުން ތަމްރީން ކުރުމުގައި އެހީތެރިވެދިނުން؛

21.ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ  ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކުން ހޯދުމުގެ މަސައްކަތްތައް ކުރުން؛

22.ކޮމިޝަނާ ގުޅިގެން ބޭރުގެ ބްރޯޑްކާސްޓަރުން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ އާއި ގުޅުންހުރި ޖަމާޢަތްތަކުން ރާއްޖޭގައި ބާއްވާ ކޮންފަރެންސް ސެމިނަރ ފަދަ ކަންކަން  ކުރުން؛

23.ޑިޕާޓްމަންޓާއި ސެކްޝަނުގެ ފަރާތުން އެކި ފަރާތްތަކާއި އެކު ކުރަންޖެހޭ މުވާސަލާތުތައް ކުރުމާއި، އެކި ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ އީ މެއިލް ފަދަ ތަކެތި ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރުން؛

24.ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛

25.ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ލިޔެ ތައްޔާރުކޮށް އަދާހަމަކުރުވުން؛ 

26.ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ޢާންމުކުރުމަށް ކަނޑައަޅާ މަޢުލޫމާތު ޢާންމު ކުރުމުގެ މަސައްކަތް ކުރުވުން؛

27.ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތީން މީޑިޔާ ބްރީފިންގތައް އިންތިޒާމު ކުރުވުން؛

28.ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓަރުންނާއި ގުޅޭ ކަންކަމުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ޕްރެސް ރިލީޒް ތައްޔާރުކޮށް މީޑިޔާއަށް މަޢުލޫމާތު ދިނުން؛

29.ކޮމިޝަނަށް ބޭނުންވާ ސްޕީޗް ފަދަ ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް ދިވެހި ބަހާއި އިނގިރޭސި ބަހުން ތައްޔާރުކުރުން؛

30. ސޯޝަލް މީޑިޔާ ޕޯސްޓް ތައްޔާރުކޮށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރުވުން؛

31.ކޮމިޝަންގެ ތަސައްވުރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން؛

32.ކޮމިޝަނުގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ތަޢުލީމީ ރޮނގު

އާޓްސް ގެ ދާއިރާއިން ( މާސް ކޮމިއުނިކޭޝަންސް ނުވަތަ ޖަރނަލިޒަމް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން )

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

 

 

 

  1. ފުރިހަމަކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު

( މި ފޯމު ކޮމިޝަންގެ ވެބްސައިޓުން https://www.broadcom.org.mv .ޑައުންލޯޑް ކުރެވޭނެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލިބެންހުންނާނެއެވެ. )

 

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ- މެއިލް އެޑްރެސް ހިމެނޭގޮތަށް)

 

 

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ( މުއްދަތު ހަމަނުވާ )

 

4.ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: ( އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލަކު ތައްގަޑު ޖަހާފައިވާ އަސްލު ކޮޕީ )

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހެޅުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

7.ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެފަރާތުން ދީފައިވާ ރަސްމީ ލިޔުން.

 

 

 2024 ޖުލައި 31  ވާ ބުދަ  ދުވަހުގެ 13:30 ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

ސުންގަޑި

އިތުރު މަޢުލޫމާތު

 

 

 

 

-    މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334334 / 3334333

-    އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

    މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،

    ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ،

    މަޖީދީ މަގު.

-    އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

-   ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޒުރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

-    އިޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުގެ ޓެސްޓެއް ދެވޭނެއެވެ.

-   ކުރިމަތި ލާފައިވާ މަޤާމުގެ މަސްއޫލިއްޔަތުތައް  އަދާކުރުމަށް ވިސްނާފައިވާ ވިސްނުމާބެހޭ 10 މިނެޓުގެ ޕަވަރޕޮއިންޓް ޕްރެސެންޓޭޝަންއެއް ހުށަހަޅަން ވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

35%

މަސައްކަތުގެ ތަޖްރިބާ

20%

އިންޓަވިއު

30%

ޕްރެކްޓިކަލް ޓެސްޓް

15%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 

-    ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން؛

-    ތަފާތު މިޒާޖުގެ މީހުންނާއި އެކު  މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން؛

-    މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން؛

-     މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން؛

-   ބްރޯޑްކާސްޓް ޤާނޫނާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން؛

-    ސޯސަލް މީޑިއާ ޕްލެޓްފޯމްތަކަށް އަހުލުވެރި ފަރާތަކަށްވުން؛

-   އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާގަށް ބެލޭނެއެވެ؛

-  ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

07 ޖުލައި 2024
ހޯދާ