މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ތަކެތި ވިއްކުން

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ދަގަނޑު ދެ ތާންގީ އާއި ދެ ޗިލަރ ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

މުޙިއްމު ނުކުތާތައް

  1. ނީލަން ދެމި އޮންނާނީ މިއަދުން ފެށިގެން 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
  2. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އަގު ޖައްސަވައި، ސިޓީ ހުށަހަޅުއްވާނީ މިކައުންސިލްގެ ކައުންޓަރަށެވެ. ސިޓީ އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
  3. ހުށަހަޅުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ އައިޓަމްގެ ނަންބަރު ޖައްސަވަންވާނެއެވެ.
  4. އެއް ސިޓީ އަކުން، ހަތަރު އައިޓަމަށް އަގު ހުށަހެޅިދާނެއެވެ.
  5. ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާ އަގަކީ، ކުރީ ދުވަހު އިޢުލާންކުރި އަގަށްވުރެ ބޮޑު އަގަކަށް ވާންވާނެއެވެ.
  6. ނީލަމަށް އަގު ހުށަހަޅުއްވާނީ ދިވެހި ރުފިޔާއިންނެވެ.
  7. 2024 ޖުލައި 21 ވަނަ ދުވަހުން ފެށިގެން 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގައި، އެދުވަހެއްގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު އިޢުލާންކުރާނެއެވެ. މި އިޢުލާން ފެންނާން ހުންނާނީ މިކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޓެލެގްރާމް ޗެނަލުންނެވެ.
  8. ފޭސްބުކް ޕޭޖް:  https://www.facebook.com/Maduvvareeoffice/   
  9. ޓެލެގްރާމް ޗެނަލް:  https://t.me/RaaMaduvvareeCouncil
  10. އަގު ހުށަހަޅުއްވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 13:30ގެ ކުރިން ސިޓީ ހުށަހަޅުއްވަންވާނެއެވެ. 13:30ގެ ފަހުން ހުށަހަޅުއްވާ ސީޓީގައިވާ އަގު ހިމަނާނީ ޖެހިގެން އަންނަ ދުވަހުގެ އިޢުލާނުގައެވެ.
  11. ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން މިތަކެތި ހުރި ސައިޓަށް ވަޑައިގެން އެތަކެތި ބެލުމުގެ ފުރުޞަތު އޮންނާނެއެވެ.
  12. ނީލަމުގައި ވިއްކާލާ ތަކެތީގެ ފޮޓޯ މި އިޢުލާނުގެ އެނެކްސް 1، އެނެކްސް 2 އަދި އެނެކްސް 3 ގައި ހިމެނިފައިވާނެއެވެ.
  13. ނީލާން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ނީލަމުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެތެރޭގައި ތަކެތި ހުރި ސަތިޓުތަކުން ތަކެތި ނަގައި ގެންދަންވާނެއެވެ.

ނީލަމުގެ ތަފްޞީލް

އައިޓަމް ނަންބަރު

ތަކެތީ

ފެށޭ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭ މަދު މިންވަރު

1

42،000.00 (ސާޅީސްދެހާސް) ލީޓަރުގެ ދަގަނޑު ތާންގީ

5000.00 (ފަސްހާސް) ރުފިޔާ

500.00 (ފަސްސަތޭކަ) ރުފިޔާ

2

3600.00 (ތިންހާސް ހަސަތޭކަ) ލީޓަރުގެ ދަގަނޑު ތާންގީ

500.00 (ފަސްސަތޭކަ) ރުފިޔާ

100.00 (ސަތޭކަ) ރުފިޔާ

3

20 ފޫޓުގެ ޗިލަރ ކޮންޓެއިނަރ

10،000.00 (ދިހަހާސް) ރުފިޔާ

1000.00 (އެއްހާސް) ރުފިޔާ

4

20 ފޫޓުގެ ޗިލަރ ކޮންޓެއިނަރ

10،000.00 (ދިހަހާސް) ރުފިޔާ

1000.00 (އެއްހާސް) ރުފިޔާ

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

18 ޖުލައި 2024
ހޯދާ