މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި ވުޒާރާ ހިންގާ ޢިމާރާތާއި ޔޫ.އެން ބިލްޑިންގ ފޮޅާ ސާފުކުރުން.

މި ވުޒާރާ ހިންގާ ޢިމާރާތާއި ޔޫ.އެން ބިލްޑިންގ 3 އަހަރުގެ މުއްދަތަށް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-E/13/2024/182 (11 ޖުލައި 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

 

ދެންނެވިފައިވާ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން: 23 ޖުލައި 2024، 13:30 އަށް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected]  މެއިލް ކުރެއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޖުލައި 2024
ހޯދާ