ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

 

               މިރަށު މުކުރިމަގު އަވަށު، މިސްކިތް މަގުގެ އިރުމަތީކޮޅު މަގުގެ ދެކުނުފަރާތު އަރިމަތީގައިވާ ރުއްގަހުގައި މި އިދާރާއިން A-01 އިން 20A- އަށް، ނަންބަރު ޖަހާފައިވާ އެކިވަރުގެ ދިވެހި ރުކާއި، ފުނަ ގަސްތަކުގެ ވެރިން ހޯދަން ބޭނުން ވެއްޖެ އެވެ.

                ވީމާ، މަތީގައިވާ ރުއް ގަހުގެ ވެރިން އެ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމަށް ޓަކައި މި އިދާރާއިން ދޫކުރާ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު، 28 ޖުލައި 2024 އާދީއްތަ ދުވަހުގެ ގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ފޯމު މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ޑަވްންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

16 ޖުލައި 2024
ހޯދާ