މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޕެރަލީގަލް (ދާއިމީ)

މިލަދުންމަޑުލުދެކުނުބުރީ ޅޮހީ މެޖިސްޓްރޭޓް ކޯޓް

ދިވެހިރާއްޖެ

އިޢުލާނު

 

މަޤާމު:

ޕެރަލީގަލް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

JS10-1

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސިސްޓެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓު

މުސާރަ:

-/5610ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: މަހަކު -/3000ރ

ލިވިންގް އެލަވަސް: މަހަކު -/2550ރ

ޖުޑީޝަލް އެލަވަންސް (އަސާސީ މުސާރައިގެ %50)

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ ލިބިދެވޭނެ އެވެ.ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ ލިބިދެވޭނެ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނިޔާކަނޑައަޅާ މައްސަލަތަކުގެ ޚުލާސާ ރިޕޯޓާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓު ކުރުމުގައި އެހީތެރިވެދިނުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް މައްސަލަ ބަލައިގަތުމަށް އެހީތެރިވެދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް  ފޮނުވާ މެސެޖްތަކާއި ގުޅިގެން ބަޔާން ނެގުމަށް ފޮނުވާ މެސެޖްތަކާއި ގުޅިގެން ބަޔާން ބަޔާން ނެގުމަށް މަސައްކަތްލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރުން.
  4. އެކިއެކި ކޯޓުތަކުން މީހުން ޙާޟިރުކޮށްދިނުމަށް ފޮނުވާ މެސެޖުތަކާއި ގުޅިގެން އަލަންޖެހޭ ފިޔަވަޅުތައް ލީގަލް ސެކްޝަންގެ  މުވައްޒަފުންގެ އެހީތެރިކަމާއެކު އެޅުން.
  5. ދާއިރާގެ މެޖިސްޓްރޭޓުންނަށާއި ކްލަސްޓަރ ކޯޓުތަކުގެ ކަމާއިބެހޭ މުވައްޒަފުންނަށް ބޭނުންވާ ޝަރުޢީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ  ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ދާއިރާގެ ޗީފް އެޑްމިނިސްޓްރޭޓަރަށް އެއްބާރުލުން ދިނުން.
  7. ކޯޓަށް ހުށަހެޅޭ މައްސަލަތާއި ގުލޭގޮތުން ޖަވާބު ދޭންޖެހޭ  ފަރާތްތަކަށް ޖަވާބު ތައްޔާރުކުރުމަށް ލީގަލްސެކްޝަންގެ މުވައްވައްޒަފުންގެ އެހީތެރިކަމާއެކު ޗީފް އެޑްމިނިސްޓްރޭޓަރަށް ލަފާދިނުން.
  8. ނިމޭ ޤަޟިއްޔާތަކާއި ގުޅިގެން އަލަންޖެހޭ ހުރިހާ ފިޔަވަޅެތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ  ފައިލް އަރުޝީފަށް ޙަވާލުކުރުން.
  9. ހައްޔަރު އަމުރާއި، ބަލައި ފާސްކުރުމުގެ އަމުރާއި، އެހެނިހެން ކޯޓުއަމުރު ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކޮށް  މެޖިސްޓްރޭޓުގެ ލަފާގެ މަތިން ލީގަލް ސެކްޝަންގެ މުވައްޒަފުން އެހީތެރިކަމާއެކު ކޯޓުއަމުރު ތައްޔާރުކުރުން.
  10. ވަލީހަމަޖެއްސުމަށް އެދި ކޯޓަށް ހުށަހަޅާ ފޯމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ބަޔާން ނެގުން.
  11. ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމްތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކުރުމަށްފަހު، ފޯމްގައި އިސްލާޙްކުރަންޖެހޭ ތަންތަން ފާހަގަކޮށް، ފޯމް އިސްލާޙުކުރުމަށާއި ފޯމްތަކަށް އަޅަންޖެހޭ  ފިޔަވަޅު އެޅުމަށް އެމަސަކަތްކުރާ މުވައްޒަފާއި ޙަވާލުކުރުން.
  12. ކޯޓުން ނިމޭ މައްސަލަތަކުގައި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވިފައިވޭތޯ ޗެކްކުރުން.
  13. ތާވަލްކުރާ މައްސަލަތަކާއި ހިންގަމުންދާ މައްސަލަތަކާއި، ނިމޭ މައްސަލަތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ސީ.އެމް.އެސް އިން ޤަވާޢިދުން އަޕްޑޭޓްކޮށް އެކަން ބަލަމުންގެންދިއުން.
  14. އިދާރީގޮތުން ކޯޓުން ތައްޔާރުކުރާ  އެއްބަސްވުން ނުވަތަ އެގްރިމަންޓްތައް ޑްރާފްޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ނުނިމޭ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި އަދި ކުރިއަށް ތާވަލްކުރަންޖެހޭ މައްސަލަތައް ހިނގާ ނުހިނގާ ގޮތް  ބަލައި، މައްސަލަތައް އަވަސް ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  16. ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

ޝަރީއަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ތަޢުލީމީ ރޮގުތައް:

1. ޝަރީޢަތާއި ޤާނޫނު   2. ޝަރީޢާ   3. ޤާނޫނު

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢާ / ޝަރީޢަތާއި ޤާނޫނު/ ޤާނޫނު

ޕްރިފަރޑް ޑިސިޕްލިންތައް: ނެތް

މަޤާމްމުގެ ކޯ ޑިސިޕްލިންތައް: ޝަރީޢާ / ޝަރީޢަތާއި ޤާނޫނު/ ޤާނޫނު

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުޠު

  1. 1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި،ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ ޢުމުރުކަމަށްވާ ޢުމުރުން 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. 2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަނަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1   ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

2.2   މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

2.4   ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5   އަނބިމީހާ ނުވަތަ ފިރިމިހާ؛

2.6 ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

2.7 މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

2.8 ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

2.9  ދެބޭންގެ ދެދަރި މީހަކު ކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://n-lhohi.courts.gov.mv/downloads
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް މާކްސް ކަނޑައެޅިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

ކޮމްޕިޓެންސީ ދާއިރާ

މާކްސް

އަސާސީ ޝަރުޠު ހަމަވުމުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލައިންއާ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިހާން ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (2024 ޖުލައި 31 ގެ 13:30 ގެ ކުރިން، ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް: [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2024 އޮގަސްޓް 18 އިން 29 އާއި ދެމެދު، ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގައެވެ.

 

އިންޓަރވިއު ކުރެވޭނީ އިމްތިހާނުގެ މުޅިޖުމްލަ މާކްސްގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިގް ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓް https://n-lhohi.courts.gov.mv/downloads ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560518 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

17  ޖުލައި 2024

17 ޖުލައި 2024
ހޯދާ