ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުން (ޖުލައި 2024)

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010  ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ޖުލައި މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓްގެ މަޢުލޫމާތު ރައްޔިތުންނަށް ހުށަހެޅުން އޮންނާނެއެވެ.

      ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށްޓަކާ ވީހާވެސް ގިނަ ރައްޔިތުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 އަށް މި އިދާރާއަށް ވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

17 ޖުލައި 2024
ހޯދާ