ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުން.

                                    

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2024/39

ތާރީޚް

‏ 11 މުޙައްރަމް 1446

 17 ޖުލައި 2024

 

 

މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުން.

 

         28 ޖުލައި 2024 އިން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް މިރަށު މިސްކިތްތަކަށް ވޭޖް އުސޫލުން  ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:                 މަސައްކަތު ( މިސްކިތްތަކަށް )

ބޭނުންވާ ޢަދަދު:            02

މަޤާމުގެ ރޭންކް:           އެސްއެސް 01

މަޤާމުގެ ގިންތި:           ވަގުތީ

މަޤާމުގެ މުއްދަތު:           05 ( މަސް ދުވަސް )

މަޤާމުގެ ކްލެސިފިކޭޝަން:     ވޭޖް އުސޫލުން ގެންގުޅޭ މަސައްކަތު މީހުން

މުސާރަ:                މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/45 ( ސާޅީސް ފަސް ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:      އަސާސީ ފެންވަރަށް ތަކެތި ދަތުމާއެކު މިސްކިތު މަސައްކަތްކުރެވޭނެ ޖިސްމާނީ ގާބިލްކަން ހުރުމާއެކު އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

       ވީމާ،މިވަޒީފާއަށް އެދިލައްވާފަރާތްތަކުން  28 ޖުލައި 2024 ވާ އާދީއްތަ  ދުވަހުގެ 13:00 ގެކުރިން އައިޑީކާޑުގެ ފޮޓޯ ކޮޕީ އަކާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ. މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %50 އަށްވުރެ މަތިން އެންމެގިނަ މާކްސް ލިބޭ 02 ފަރާތެއް ހޮވާ ގޮތަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                 

 

 

 

                                                                        ޙަސަން ޢަބްދުﷲ

                                                                       ކައުންސިލްގެ ރައީސް

17 ޖުލައި 2024
ހޯދާ