ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިރަށުގެ މަގުތަކުގައާއި އިޖްތިމާޢީ ސަރަޙައްދުތަކުގައި ބެހެއްޓުމަށްޓަކައި ޑަސްޓްބިން އަދި ގޭބިސީތަކުގެ ބަދިގެ ބާކީ އެޅުމަށް ބޭނުންވާ ޑަސްޓް ބިން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

         ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 04 އޯގަސްޓް 2024ވާ  އާދީއްތަ ދުވަހުގެ 14:00ގެ ކުރީން މިއިދާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން މެއިލްގައި ރަޖިސްޓްރީވެފައިވާކަން މިއިދާރާއިން އަންގާނެއެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޮނުއްވާނީ [email protected] އަށެވެ. ބިޑް ހުށަހެޅުން އޮންނާނީ 18 އޯގަސްޓް 2024ވާ އާދީއްތަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ.

 

         ބިޑް ރަޖިސްޓްރީކުރުމަށް ފޮނުއްވާ ލިޔުމުގައި މިދަންނަވާ މަޢްލޫމާތު ހިމަނަންވާނެއެވެ.

1-   ޙަވާލާދޭ އިޢްލާން ނަމްބަރު (މެއިލް އިން ފޮނުއްވާ ނަމަ "ސަބްޖެކްޓް" ގައި އިޢްލާން ނަމްބަރު ޖެއްސެވުން)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަމްބަރު

4-   އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

6-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ވެރިފަރާތުގެ އައިޑެންޑިޓީ ކާޑުގެ ސާފު ފޮޓޯ ކޮޕީ ފޮނުއްވަންވާނެއެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

16 ޖުލައި 2024
ހޯދާ